Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 18:33
ލޫޓުވައިފި މުޒާހަރައިން ކުރީގެ މަޖިލިހުގެ މެމްބަރު ޔާސިރު ހައްޔަރު ކޮށްގެން ގެންދަނީ
ލޫޓުވައިފި މުޒާހަރައިން ކުރީގެ މަޖިލިހުގެ މެމްބަރު ޔާސިރު ހައްޔަރު ކޮށްގެން ގެންދަނީ
ރާއްޖެއެމްވީ
އެމްޑީޕީ
ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި ބައެއް ފަރާތްތަކާ އެމްޑީޕީގެ ގާނޫނީ ޓީމުން ބައްދަލު ކޮށްފި
ބަންދު ކޮށްފައިވާ އިރު އެމީހުންގެ އަސާސީ ސިއްހީ ފަރުވާއަށް ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދޭކަމަށް ބަންދުގައިވާ މީހުން ފާހަގަކުރޭ
ބަންދުގައި ތިބި މީހުންގެ ހިތްވަރު ބަލި ނުވާ ކަން ލީގަލް ޓީމުން ފާހަގަ ކުރޭ
ބަންދުގެ މުއްދަތު މުރާޖައާ ކުރުން އަންގާރަ ދުވަހަށް ވަނީ ތާވަލު ކޮށްފައި

އޮކްޓޯބަރު 3 ވީ ހުކުރު ދުވަހުގެ ރޭ މާލޭގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އިން ބޭއްވި ބޮޑު މުޒާހަރާ އިން ފުލުހުން ހައްޔަރު ކޮށް ޖަލުގައި ބަންދު ކޮށްފައިވާ ބައެއް ފަަރާތްތަކާ އެމްޑީޕީގެ ގާނޫނީ ޓީމުން ހޯމަ ދުވަހު ބައްދަލު ކޮށްފިއެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް ވިދާޅުވީ، ބަންދު ކޮށްފައި ތިބި މީހުން ތިބީ ވަރަށް ވަރުގަދަ ރޫހެއް ގައި ކަމަށާއި، އެމީހުންގެ ހިތްވަރު ބަލި ނުވާކަމަށެވެ.

އެއްވެސް ކުށެއްގެ ދައުވާއެއް އުފުލުމެއް ނެތި ޖަލުގައި ބަންދު ކޮށްފައި 6 މީހުން ތިބި އިރު، އެމީހުންގެ އަސާސީ ސިއްހީ ފަރުވާ ގެ އިތުރުން ބަންދު ކޮށްގެން ގެންގެޅޭ މީހުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ މުހިންމު ކަންކަން ކޮށްދިނުމުގައި ސަރުކާރުން ފަރުވާ ކުޑަކޮށްފައިވާ ކަމަށާއި މާ ބޮޑު އަޅާލުމެއް ނުބަހައްޓާ ކަން ބަންދު ކޮށްފައިވާ ފަރާތްތަކުން ފާހަގަ ކުރި ކަމަށް ވެސް މައުރޫފް ވިދާާޅުވިއެވެ.

ބަންދު ކުރުމަށްފަހު އެންމެންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާއިރު، އެމީހުންނަކީ ސިޔާސީ މަގްސަދެއްގައި ބަންދު ކޮށްގެން ގެންގުޅޭ ބައެއް ކަމަށާއި، އެހެން ކަމުން އެއްވެސް ކުށެއް ނެތި ހައްޔަރު ކުރި އެންމެން ދޫކޮށްލުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ. އޭގެ އިތުރުން އެމީހުން މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ވަނީ އެއްވުންތައް ބާއްވާފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ސިޔާސީ ގޮތުން އެއްވެސް ބަޔަކު ބަންދު ކޮށް އަދަބު ނުދޭނެ ކަމަށް އޮތީ ވައުދުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންދުގައި ތިބި ފަރާތްތަކުގެ ބަންދުގެ މުއްދަތު މުރާޖައާ ކުރުމުގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ.

- ކޮމެންޓް