Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 00:16
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަން
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަން
އެމްޑީޕީ
މޯލްޑިވްސް ޕޮލިސް ސަރވިސް
ފޮޓޯއެއް ނެގި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު ހުސައިން ފުލުހަށް ހާޒިރުވާން އަންގައިފި
ޕީޓްރަލް ސަރަހައްދުގައި ފުލުހުން ހިންގި ހަރަކާތެއްގެ މަންޒަރު ރެކޯޑުކުރުމުގެ ސަބަބުން ހުސެއިން ހައްޔަރުކުރި ނަމަވެސް ކޯޓުން އޭނާ ދޫކޮށްލި
ހާޒިރުވާން އެންގީ ގަލޮޅު ޕޮލިހަށް

ފޮޓޯއެއް ނެގި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޕީޓްރަލް ސަރަހައްދުގައި ފުލުހުން ހިންގަމުން ދިޔަ ހަރަކާތެއްގެ މަންޒަރު ރެކޯޑު ކުރި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ފުލުހަށް ހާޒިރުވާން އެންގީ ހޯމަ ދުވަހުގެ މެންދުރު 1:00 ޖަހާއިރަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ.

ޕީޓްރަލް ސަރަހައްދުގައި ފުލުހުން ހިންގަމުން ދިޔަ ހަރަކާތެއްގެ މަންޒަރު ރެކޯޑު ކުރި ކަމަށް ބުނެ ފުލުހުން ވަނީ ހުސެއިން ހައްޔަރު ވެސް ކޮށްފައެވެ. ޙުސައިން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރި ވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ނަމަވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުސެއިންގެ ފަރާތުން ކޮށްފައިވަނީ ކޮން އަމަލެއްކަން ސާފުކޮށްދިނުމަށް އެދުނު ނަމަވެސް އެކަން ފުލުހުންގެ ފަރާތުން ސާފުކޮށްދީފައިނުވެއެވެ.

ހުސައިން ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލިއެވެ. ހުސެއިން ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ. އަދި ފޮޓޯއެއް ނަގައިގެން މީހަކު ބަންދުކުރުމަށް ފުލުހުން އެދުމުން ގާޒީ ވެސް ވަނީ ފުލުހުން އެދުނު ކަންތަކާއި މެދު ސުވާލު އުފައްދާ ފޮޓޯއެއް ނަގައިގެން މީހަކު ބަންދުކުރަންޖެހޭ ހާލަތެއް ނެތްކަމަށް އެއިރު ވިދާޅުވެފައެވެ.

ހުސެއިން ފުލުހަށް ހާޒިރުވާން އެންގި އިރު މި ދުވަސް ކޮޅަކީ އާދަޔާ ޚިލާފަށް އެމްޑީޕީ އަށް ނިސްބަތްވާ ފަރާތްތައް ފުލުހަށާއި ތަހުގީގީ އިދާރާތަކަށް ޙާޒިރު ކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން މިހާރުވެސް ކުށެއްގެ ތުހުމަތެއް ނެތި އެމްޑީޕީގެ އިން ބޭއްވި ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކޮށް ޖަލުގައި ވެސް 6 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނޭ މާފުށި ކައުންސިލުގެ ރައީސް ހުސެއިން ސޮލާހްގެ އިނގިލިވެސް ވަނީ ބިންދާލާފައެވެ.

- ކޮމެންޓް