Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2025 | ހުކުރު 07:43
ތެލް އަވީވްގެ ރަހީނުންގެ މައިދާނުގެ ނަމުން މަޝްހޫރު ޕްލާޒާއެއްގައި ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އިއުލާނާ ގުޅިގެން އުފާ ފާޅު ކުރަނީ - އޮކްޓޯބަރު 9، 2025
ތެލް އަވީވްގެ ރަހީނުންގެ މައިދާނުގެ ނަމުން މަޝްހޫރު ޕްލާޒާއެއްގައި ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އިއުލާނާ ގުޅިގެން އުފާ ފާޅު ކުރަނީ - އޮކްޓޯބަރު 9، 2025
އޭޕީ
ޣައްޒާ ހަނގުރާމަ
ޣައްޒާގ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުން އިސްރާއީލުގެ ކެބިނެޓުން ފާސް ކޮށްފި
އިސްރާއީލުގެ ސަރުކާރުން ހަމާސްއާއެކު ޣައްޒާގެ ހަނގުރާމަ ހުއްޓުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުން ފާސްކުރި ނަމަވެސް ކެބިނެޓުގައި ހިމެނޭ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން-ގްވިރު ބުނެފައިވަނީ ހަމާސް މުޅިން ނައްތާނުލެވޭ ނަމަ ނަތަންޔާހޫގެ ސަރުކާރު ވައްޓާލާނެ ކަމަށެވެ.

އެމެރިކާގެ މެދުވެރިވެގެން ފަލަސްތީނުގެ ހަމާސް ޖަމާޢަތާއެކު އިސްރާއީލުން ސޮއިކުރި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުން ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުގެ ސަރުކާރުގެ ކެބިނެޓުން ފާސްކޮށްފިއެވެ.

އިސްރާއީލު ސަރުކާރުގެ ތަރުޖަމާނެއް ކުރިން ބުނެފައި ވަނީ ކެބިނެޓް ބައްދަލުވުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުން ތަންފީޒު ކުރެވޭނެ ކަމަށެވެ. އެ 24 ގަޑިއިރުގެ މުއްދަތަށްފަހު، ޣައްޒާގައި ބަންދު ކޮށްފައިވާ ރަހީނުން 72 ގަޑިއިރުގެ ތެރޭގައި ދޫކޮށްލެވޭނެ ކަމަށެވެ.

އަނެއްކޮޅުން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ގްވީރު އިންޒާރުދީފައިވަނީ ހަމާސް މުޅިން ނައްތާ ނުލެވޭނަމަ އޭނާގެ ޖޫވިޝް ޕަވަރ ޕާޓީން ބެންޖަމިން ނެތަންޔާހޫގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ބެން-ގްވީރު މިހެން ބުނެފައި ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ ޕްލޭން ފާސްކުރުމަށް ބޭއްވި ނަތަންޔާހޫގެ ކެބިނެޓް ބައްދަލުވުމުގެ ކުރިންނެވެ.

- ކޮމެންޓް