Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2025 | ހުކުރު 06:37
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާ އަށް އިސްރާއީލާއި ހަމާސް އެއްބަސްވިކަން އިއުލާން ކުރުމާއެކު ފަލަސްތީނުގެ ދިދައެއް ހިފައިގެން އަންހެން ކުއްޖަކު އުފާފާޅު ކުރުމުގައި ބައިވެރިވަނީ - އޮކްޓޯބަރު 9، 2025
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާ އަށް އިސްރާއީލާއި ހަމާސް އެއްބަސްވިކަން އިއުލާން ކުރުމާއެކު ފަލަސްތީނުގެ ދިދައެއް ހިފައިގެން އަންހެން ކުއްޖަކު އުފާފާޅު ކުރުމުގައި ބައިވެރިވަނީ - އޮކްޓޯބަރު 9، 2025
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޓްރަމްޕްގެ ސުލްހައިގެ ޕްލޭން ވިލަރެސް ކުރުމަށް އެމެރިކާ ސިފައިން އިސްރާއީލަށް ފޮނުވަނީ
ހަމާސްއާއި އިސްރާއީލުގެ ސުލްހަ އެއްބަސްވުން ވިލަރެސްކޮށް މޮނިޓަރކުރުމަށް، އެމެރިކާއިން 200 ސިފައިން އިސްރާއީލަށް ފޮނުވަން ނިންމައިފި. ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކޯޑިނޭޝަން ސެންޓަރެއް ޤާއިމުކޮށް، އެމެރިކާ އާއި މިޞްރު، ޤަޠަރު އަދި ތުރުކީ ގުޅިގެން ސުލްހައިގެ މަސައްކަތް ކުރިއަށް ގެންދާނެ.

އިސްރާއީލާއި، ހަމާސް އާ ދެމެދު އެއްބަސްވެވުނު އެމެރިކާގެ ރައީސްގެ ސުލްހައިގެ ޕްލޭން ތަންފީޒު ވަމުންދާ ގޮތް ވިލަރެސް ކުރުމަށް އެމެރިކާ ސިފައިން އިސްރާއީލަށް ފޮނުވުމަށް ނިންމައިފިއެވެ.

މި ގޮތުން އެމެރިކާ އިން ވަނީ ގާތްގަނޑަކަށް 200 ސިފައިން އިސްރާއީލަށް ފޮނުވަން ނިންމާފައެވެ. މިއީ ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކޯޑިނޭޝަން ސެންޓަރެއް ޤާއިމުކުރުމަށާއި އަދި އަލަށް ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މޮނިޓަރ ކުރުމަށް ކަމަށް އެމެރިކާގެ އިސް އޮފިޝަލެއް ބުރާސްފަތި ދުވަހު އަލް އަރަބިއްޔާ އަށް ވަނީ ހާމަކޮށްފައެވެ.

މި އި އޮފިޝަލް ބުނި ގޮތުގައި، ސިފައިންގެ ކޯޑިނޭޝަން ސެންޓަރު ގާއިމު ކުރާނީ އެކަމަށް އެންމެ އެކަށީގެންވާ ކަމަށް ފެންނަ ތަނެއްގައެވެ. މި ފެސިލިޓީގައި ސްޓޭކްހޯލްޑަރުންނާއި، ޕާޓްނަރ ޤައުމުތަކާއި، އެންޖީއޯތަކާއި އަދި އިންވެސްޓަރުން އެއްތަނަކަށް ގެނެސް، އެކުގައި މަސައްކަތް ކުރުމާއެކު، ހަރުދަނާ މަސައްކަތެއް ކުރެވޭނެ ކަމަށް ހާމަ ކޮށްފައިވެއެވެ.

މި އޮފިޝަލް އިތުރަށް ބުނި ގޮތުގައި، "މި އޮނިގަނޑުގެ ސަބަބުން ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް "އެއް ހަމައެއްގައި މަސައްކަތް ކުރެވި، އަދި ޣައްޒާ ގައި މަދަނީ ވެރިކަމަކަށް ބަދަލުވުމުގެ މަރުޙަލާގައި އެންމެ ހަރުދަނާ އަދި އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރެވޭނެ" އެވެ.

މި މަސައްކަތުގެ ސަބަބުން އެމެރިކާއަށާއި އެހެނިހެން ބައިވެރިވާ ޤައުމުތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރެވޭތޯ ބެލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް އޮފިޝަލް ހާމަ ކޮށްފައިވެއެވެ.

އެމެރިކާ އިން ކުރިއަށް ގެންދާ ވިލަރެސް ކުރުމުގެ މަސައްކަތުގައި މިޞްރު، ޤަޠަރު އަދި ތުރުކީ ބައިވެރިވާނެއެވެ.

އޭނާ ޔަގީންކަން ދިން ގޮތުގައި ޣައްޒާ ގައި އެމެރިކާ ސިފައިންގެ އެއްވެސް ބަޔަކު ގާއިމުވެ ނުތިބޭނެއެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް