ހުއްޓުވައިފި އެއްވުމުގައި ގާނޫނާ ހިލާފަށް ބާރުގެ ބޭނުން ނުކުރުމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ގޮވާލައިފިއެވެ.
އެއްވުމުގައި ހުންނަވައި ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނިޝާން ވިދާޅުވީ ދިވެހި ފުލުހުން މިހާރު ބޭނުންކުރަމުންދާ ހާލަތަކީ ގާނޫނާ ހިލާފު ހާލަތެއް ކަމަށާއި، އެބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ.
ދިވެހި ފުލުހުން މިހާރު ބޭނުންކުރަމުންދާ ހާލަތަކީ ގާނޫނާ ހިލާފު ހާލަތެއް. މިހާލަތުގެ ބޭނުން މިގޮތަކަށް ނުކުރެވޭނެ. ސީދާ ކަނޑައެޅިގެން ގާނޫނާ ހިލާފު. އެބޭފުޅުންނަށް ލިބިގެން ނުވާނެ މިގޮތަކަށް ގާނޫނުގެ އިހުތިޔާރުގެ ބޭނުން ހިފާކަށް. އެ ބާރަށް ފުލުހުންނަށް ލިބިގެންނުވާނެ.
މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން![]()
ނިޝާން ވިދާޅުވީ އެމްޑީޕީން އިސްވެ އޮވެ ކުރިއަށް ގެންދާ މި އެއްވުމަކީ ސުލްހަވެރި ސިޔާސީީ ހަރަކާތެއް ކަމަށާއި، ގާނޫނީ އިމުގެ ބޭރުން ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
މީގެ އިތުރުން ނިޝާން ވަނީ ބާރުގެ ބޭނުން ހުއްޓާލުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.
ހުކުރު ދުވަހުގެ ރޭ 8:30 ގައި ފެށި ލޫޓުވައިފި އެއްވުމަށް ގިނަ ރައްޔިތުން އެއްވެފައިވާއިރު، ހުކުރު ދުވަހުގެ 9:45 ހާއިރު 5 ފަހަރު ފުލުހުން އާއްމުންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައި، އެސަރަހައްދުން ނޫސްވެރިންނާ މީޑިއާ މީހުން ފޮނުވާލުމަށް މަސައްކަތް ކޮށްފައިވެއެވެ. އަދި ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ނޭވާލާން އުދަނގޫވެ، ބައެއް މީހުން ސިއްހީ ފަރުވާ ހޯދާފައިވެއެވެ.