Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2025 | ބުރާސްފަތި 17:45
ސްޕޯޓްސް މިނިސްޓްރީގެ 12 ވަނަ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސި، ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު އަބްދުﷲ އިބްރާހީމް (އަބުޅޯ)
ސްޕޯޓްސް މިނިސްޓްރީގެ 12 ވަނަ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސި، ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު އަބްދުﷲ އިބްރާހީމް (އަބުޅޯ)
ރާއްޖެއެމްވީ
ސްޕޯޓްސް މިނިސްޓްރީ
ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުގެ 12 ވަނަ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް ހަމަޖެއްސީ އަބްދުﷲ އިބްރާހީމް (އަބުޅޯ)
އަބުޅޯ އަކީ ދިވެހި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގައުމީ މިޑްލް ޑިސްޓެންސް ދުވާ ޓީމުގެ ހެޑްކޯޗް
އަބުޅޯ އަކީ 1998 ވަނަ އަހަރު ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ކުރީގެ ދުވުންތެރިއެއް

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު އަބްދުﷲ އިބްރާހީމް (އަބުޅޯ) ހަމަޖައްސަވައިފިއެވެ. މިއީ ސްޕޯޓްސް މިނިސްޓްރީއަށް މިހާތަނަށް އައްޔަނުކުރެވުނު 12 ވަނަ ޑެޕިއުޓީ މިނިސްޓަރެވެ.

ރައީސް އޮފީހުން ވަނީ، އަބުޅޯ އަށް މަޤާމު ހަމަޖެހިފައިވާކަން އަންގައި މިދިޔަ އަންގާރަ އޭނާއަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އަދި މި ވަގުތާ ހަމައަށްވެސް އޭނާ ރަސްމީކޮށް މަސައްކަތަށް ނުކުމެފައެއް ނުވެއެވެ.

އަބުޅޯ އަކީ ދިވެހި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ ގައުމީ މިޑްލް ޑިސްޓެންސް ދުވާ ޓީމުގެ ހެޑްކޯޗެއްގެ ހައިސިއްޔަތުން އަދާކުރަމުންދާ ދައުރެވެ. އޭނާގެ ކޯޗިންގ ހުނަރުވެރިކަމާއެކު، ގިނަ އަހަރުތަކެއް ވަންދެން މުގުރާނުލެވި ހުރި ރާއްޖޭގެ މިޑްލް ޑިސްޓެންސް ރެކޯޑުތަކެއް ވަނީ މުގުރާލާފައެވެ.

އަބުޅޯގެ ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި 2010 ވަނަ އަހަރުގެ ސާފް ގޭމްސްގައި ސްޕްރިންޓް ރިލޭ އިން ލޯ މެޑަލް ހޯދި ޓީމުގެ ކޯޗިންގ ސްޓާފުންގެ ތެރޭގައި ހިމެނުމާއި، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހަސަން ސާއިދު 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދިއިރު ކޯޗެއްގެ ގޮޮތުގައި ހަރަކާތްތެރިވުން ހިމެނެއެވެ.

މީގެއިތުރުން، އަބުޅޯއަކީ މި އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ފިރިހެން އަދި އަންހެން ދެ ގިންތިން އެއްވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އިސް ހިންގުންތެރިޔާގެ އިތުރުން ހެޑްކޯޗުގެ މަޤާމުވެސް އަދާކުރަމުން އަންނަ ފަރާތެވެ. އަބުޅޯ ވަނީ ދުވުންތެރިއެއްގެ ގޮތުގައި 1998 ވަނަ އަހަރު މެލޭޝިއާގައި ބޭއްވުނު ކޮމަންވެލްތު ގޭމްސްގެ 400 މީޓަރު ދުވުމުގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

- ކޮމެންޓް