Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2025 | ބުދަ 22:27
މީޑިއާތައް ތަޅު އަޅުވާ ބިލާއި ގުޅިގެން މީޑިއާ ކައުންސިލުން ވަނީ ރައީސް އަށް ސިޓީއެއް ފޮނުވާފައި
މީޑިއާތައް ތަޅު އަޅުވާ ބިލާއި ގުޅިގެން މީޑިއާ ކައުންސިލުން ވަނީ ރައީސް އަށް ސިޓީއެއް ފޮނުވާފައި
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން
މީޑިއާ ކޮންޓްރޯލް ކުރާ ބިލު
މީޑިއާ ކަފުންކުރި ބިލު ތަސްދީގު ނުކުރުމަށް އެދި މީޑިއާ ކައުންސިލުން ރައީސަށް ސިޓީއެއް ފޮނުއްވައިފި
ބިލު ފާސްވުމުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތައާރަފްވެގެންދާނެ
ބިލު ތަސްދީގުވުމުން މީޑިއާ ކައުންސިލް އުވިގެންދިޔަ ނަމަވެސް މިނިވަން ނޫސްވެރިކަމުގެ ރޫހު ދެމިއޮންނާނެ

މީޑިއާ ކަފުންކުރި ބިލު ތަސްދީގު ނުކުރުމަށް އެދި މޯލްޑިވްސް މޯލްޑިވްސް މީޑިއާ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކާއި އެކު ވެސް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު" ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުނީއްސުރެ، ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބާ ކައުންސިލާއި، ނޫސްވެރިންނާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި، އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ އެކި ޖަމިއްޔާތަކުން، މި ބިލަށް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި ކަންބޮޑުވުންތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކުރެއްވުމެއް ނެތި ބިލު ފާސްކުރައްވާފައިވާތީ، މި ބިލު ތަޞްދީޤު ނުކުރެއްވުމަށް އެދި، ރައީސް މުއިއްޒުއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ޖަމިއްޔާއިން ބުނެއެވެ.

ޖަމިއްޔާއިން ބުނީ ފެށުނީއްސުރެ، އެ ކައުންސިލުން ފާހަގަ ކުރަމުން އައި އެއް ކަމަކީ، މީޑިއާއާ ގުޅުންހުރި މައްސަލަތަކާއި ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައި ދިނުމަށް ހެޔޮ ނިޔަތެއްގައި އެދޭ ނަމަ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށާއި، ޤައުމީ ފެންވަރުގައި ގިނަ ފަރާތްތަކުގެ ބައިވެރިވުމާ އެކު ދިރާސާކުރުމުގެ މަރުޙަލާއެއް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އަވަސް ދުވެއްޔެއްގައި ހާމަކަން ކުޑަވާ ގޮތައް ކުރިއަށް ގެންދިޔަކަމީ، ބައެއް މަރުހަލާތައް ނަމަކަށް ފުރިހަމަ ކޮށްލުމުގެ ނިޔަތުގައި ކުރެވުނު ކަމެއް ކަމުގައި ދެކޭ ކަމަށް ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން، ފަހަށް ފުންކޮށް ވިސްނައި، ރަނގަޅަށް ބަހުސްކުރުމުގެ ފުރުސަތު ގެއްލިގެން ދިޔުމަކީ އެތަކެއް މައްސަލަތަކެއް އަލަށް ފެންމަތިވެގެން އަންނާނެ ކަމެއް ކަމުގައި ކައުންސިލުން ދެކޭ ކަަމަށް ބުނެފައިވެއެވެ. މި ބިލު ޤާނޫނަކަށް ވެއްޖެ ނަމަ، މީޑިއާ ރެގިއުލޭޓްކުރުމުގެ ބަދަލުގައި ކޮންޓްރޯލްކުރެވިގެން ދާނެ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތަޢާރަފްކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ. ކޮންމެ ޑިމޮކްރަސީއެއްގެ ވެސް އަސާސީ ތަނބެއްކަމުގައިވާ މިނިވަން ނޫސްވެރިކަމުގެ ތެރެއިން، ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާ ދެކޮޅަށް ފާރަވެރިވުމުގެ ގޮތުން ކުރެވޭ ތަޙްޤީޤީ އަދި ޖަވާބުދާރީކުރުވުމުގެ ނޫސްވެރިކަން، ހުއްޓުވުމަށް ބާރު ލިބިގެން ދާނެ ކަމަށް ބުނެފައިވެއެވެ. މިކަން މިހެން ވެއްޖެ ނަމަ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ރޭންކިން ވަރަށް ބޮޑަށް ދަށްވެގެން ދާނެކަމަށް ޤަބޫލުކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

މި ބިލު ތަސްދީޤުކުރުމާ އެކު، މުއައްސަސާއެއްގެ ގޮތުގައި އެ ކައުންސިލް އުވިގެންދިޔަ ނަމަވެސް، މިނިވަން ނޫސްވެރިކަމުގެ ރޫހު ދެމި އޮންނާނެއެވެ. މީޑިއާ ކައުންސިލް މެންބަރުން އުންމީދުކުރަނީ، ދިމާވާ ކޮންމެ އަނދިރިކަމެއްގެ ތެރޭގައި ވެސް، އަހަރުތަކެއް ވަންދެން އިންދަމުން އައި ނޫސްވެރިކަމުގެ ގަސްތައް ކުރިލައި ހެދޭނެ އަލި މަގެއް ފެނިގެންދާނެކަމަށް ބުނެފައިވެއެވެ.

- ކޮމެންޓް