Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2025 | ހުކުރު 12:34
ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ، ރައީސް ޞާލިހް އއ. ބޮޑުފޮޅުދޫ  ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ، ރައީސް ޞާލިހް އއ. ބޮޑުފޮޅުދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީ
އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެނިގެންދަނީ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރާ މަންޒަރު: ޝައުނާ
އެމްޑީޕީ ނޫން އެހެން ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ކައުންސިލްތަކުގެ ބާރުތައް ހަނިކުރަމުންދާކަމަށް ޝައުނާ ވިދާޅުވި
ބޮޑުފޮޅުދޫއިން ފެންނަމުންދަނީ އެމްޑީޕީ ސަރުކާރުގެ ފިކުރު ރީތިކޮށް ތަންފީޒުވެގެން އަންނަ މަންޒަރު
ބޮޑުފޮޅުދޫއަކީ ކުރު މުއްދަތެއްގައި ބޮޑު ތަރައްގީއެއް ހޯދާފައިވާ ނަމޫނާ ރަށެއް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) ނޫން އެހެން ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެނިގެންދަނީ، ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ހަނިކުރަމުންދާ މަންޒަރުކަމަށް ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެެވެ.

އއ. ބޮޑުފޮޅުދޫ އެމްޑީޕީ މެމްބަރުންގެ ދައުވަތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބޮޑުފޮޅުދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައުނާ ފާހަގަކުރެއްވި ގޮތުގައި، ބޮޑުފޮޅުދޫއިން ފެންނަމުންދަނީ އެމްޑީޕީ ސަރުކާރުގެ ފިކުރު ވަރަށް ރީތިކޮށް ތަންފީޒުވެގެން އަންނަ މަންޒަރެވެ. އއ. ބޮޑުފޮޅުދޫ އަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރު އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކާވެސް ގުޅިގެން، ނިސްބަތުން ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ތަރައްގީއެއް ހޯދާފައިވާ ނަމޫނާ ރަށެކެެވެ.

މިއަދު މި ފެންނަނީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ކުރި މަންޒަރު. ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް މަގުފަހިކުރުމަށް ބޭނުންވެފައިވާ ޚިދުމަތްތަކެއް މިރަށުން ލިބެމުން އަންނަ މަންޒަރު، މިއަދު އުފާކުރަނީ އެމްޑީީޕީގެ ވިސްނުން އެމްޑީޕގެ ސިޔާސަތުތަކާއެކީގަ މިފަދަ ކަންތައްތަކެެއް ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފެންނަމުން އަންނާތީ

ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ

ނަމަވެސް އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މުޅި ލާމަރުކަޒީ ނިޒާމު މުޅިން އަނެއްއަތަށް ޖަހާ ފުރޮޅާލާކަން ފާހަގަކުރައްވާ ޝައުނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭކަންވެސް ޝައުނާ ފާހަގަކުރެއްވި އެވެ.

ޝައުނާ އިތުރަށް ވިދާޅުވި ގޮތުގައި، 2008 ވަނަ އަހަރު އެމްޑީޕީގެ މަސައްކަތުން ވުޖޫދުކުރެވުނު ފެހި ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ލިޔެވި، ރައްޔިތުންނަށް ދެވުނު އެންމެ ބޮޑު އެއް އަސާސީ ޙައްޤަކީ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ ރަށްތައް ހިންގުމުގެ ބާރު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އަދި 2010 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން އެކަން ކުރަން ފެށި އެެވެ. އެހެން ނަމަވެސް ދެން ފެނުނީ، އޭރު އޮތް އެމްޑީޕީ ސަރުކާރު ވައްޓާލުމަށްފަހު އުފެދިގެން އައި ސަރުކާރުތަކުން އެބާރުތައް ހަނިކޮށް އެބާރުތައް އަނެއްކާ މައި ސަރުކާރުގެ މުށުތެރެޔަށް ލައިގެން ރައްޔިތުން ފިއްތާ ރައްޔިތުން އޮބަހައްޓައިގެން ތަރައްގީކުރަން އުޅުނު މަންޒަރުކަމުގައި ޝައުނާ ވިދާޅުވި އެވެ.

2018 ވަނަ އަހަރު އުފެދިގެން އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިގެން އަނެއްކާވެސް ރައްޔިތުންގެ ތަރައްގީ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެބާރުތައް ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ކުރެއްވިކަމަށް ޝައުނާ ވިދާޅުވި އެވެ. އެގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ސިޔާސީ ބާރުވެރިކަން ކައުންސިލަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިތުރުން މާލީ ގޮތުން ކައުންސިލް ފުދުންތެރިކުރެވޭނެ ގޮތްތަކެއް އެގާނޫނުގެ ތެރެއިން ކައުންސިލްތަކަށް ފޯރުކޮށްދިނުންކަމުގައި ޝައުނާ ފާހަގަކުރެއްވި އެވެ.

2019 ވަނަ އަހަރު އެމްޑީޕީ އިން މަސައްކަތްފެށީ، ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިގެން އަނެއްކާވެސް ރައްޔިތުންގެ ތަރައްގީ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެބާރުތައް ރައްޔިތުންނަށް ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް، ބަލާފަ އެދަނޑިވަޅުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ސިޔާސީ ބާރުވެރިކަން ކައުންސިލަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިތުރުން މާލީ ގޮތުން ކައުންސިލް ފުދުންތެރިކުރެވޭނެ ގޮތްތަކެއް އެގާނޫނުގެ ތެރެއިން ކައުންސިލްތަކަށް އެބާރުވެރިކަން ފޯރުކޮށްދިނުން، ވަކިން ހާއްސަ ކޮށް ރަށެއްގެ އިހްތިސާސް އަކީ ކޮބައިކަން ވަރަށް ސާފު ކޮށް ކަނޑައަޅާ، އެ އިހްތިސާސްގަ ހިމެނޭ ބިންތަކާ މުދަލުން ކައުންސިލްތަކަށް މާލީ ފައިދާ ލިބޭނެ ގޮތްތަށް ކަށަވަރު ކޮއްދިނުން. އޭގެ އިތުރުން ދައުލަތުގެ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަސް ލިބޭނެ ގޮތް މަގުފަހި ކޮށްދިނުންވެސް ހިމެނޭ

ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ

މިކަންކަން ފަހިވީ ހަމައެކަނި ގާނޫނެއްގައި ލިޔެން އެކަނި ނޫންކަން ފާހަގަ ކުރައްވާ ޝައުނާ ވިދާޅުވީ، އޭރު ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ހޯދުމަށް ކައުންސިލް ތަަކަށް ފަހިވެގެން ދިޔައީ، އޭރު ރާއްޖޭގެ ވަލިއްޔުލްއަމުރުގެ މަގާމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ، ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށްޓަކާ މައިސަރުކާރުގެ ބާރު ހަނިކުރުމަށް ތައްޔާރަށް ހުންނެވި ވެރިޔަކަށް ވީމަ އެވެ.

ނަމަވެސް މިހާރުގެ ސަރުކާރުން ހުދުމުހުތާރު ގޮތެއްގައި، އެއްވެސް މަޝްވަރާއެއް ނެތި ރައްޔިތުންގެ އަތުން ބާރުތައް ނިގުޅައިގަންނަމުންދާކަން ޝައުނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ބަސްބުނަން އިންތިހާބުކޮށްފަ ތިބި މަންދޫބުންނަށް މިނިވަންކަމާއެކު ބަހުސް ކުރެވޭނެ މާހައުލެއް ރައްޔިތުންގެ މަޖިލީހަކު ނެތްކަމަށާއި، މިހާރު ރައްޔިތުންގެ މަޖިލިސް ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޕާޓްމަންޓަކަށް ކަމަށް ޝައުނާ ވިދާޅުވި އެވެ.

ޖުޑީޝިއަރީީ ވެސް މިހާރު އޮތީ ރައީސް މުއިއްޒުގެ މުށުތެރޭގައިކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހެދި ގޮތް ދިވެހިރައްޔިތުން ދެކެފިކަމުގައެެވެ. އަދި އެޔަށް ފަހު މިހާރު ފެނިގެންމިދަނީ މިނިވަން މީޑިއާ ނެތިކޮއްލާ، މީޑިއާ ތަކުގައި ތަޅު އަޅުވާ މަންޒަރުކަމަށް ޝައުނާ ވިދާޅުވެފައިވެ އެވެ.

މިއީ ތަޅު އަޅުވާ ސަރުކާރެއް، މިއީ ހިފަހައްޓާ ސަރުކާރެއް، މިއީ އޮބަހައްޓާ ސަރުކާރެއް. އެހެން ވެގެން މިއަދު އެމްޑީޕީ ނިކުންނަަން މިޖެހެނީ. އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގަ ރައްޔިތުންގެ ދިފާއުގަ މަސައްކަތް ކުރާ ޕާޓީއެއް. އޮކްޓޯބަރު 3 ގަ އެމްޑީޕީއިން މި ނިކުންނަނީ ރައްޔިތުންގެ އަޑު މިސަރުކާރަށް އިއްވަން.

ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާގެ ވާހަކަކޮޅު ނިމްމާލަމުން ވިދާޅުވިއެވެ.
- ކޮމެންޓް