Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 17:58
ބޮޑުފުޅަދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް ޞާލިހަށް 11-09-2025
ބޮޑުފުޅަދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް ޞާލިހަށް 11-09-2025
ރާއްޖެއެމްވީ
އއ.ބޮޑުފޮޅުދޫ
ބޮޑުފޮޅުދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް ޞާލިހަށް!
ރައީސް ޞާލިހުގެ ސަރުކާރުގައި ބޮޑުފޮޅުދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދެވި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އއ. ބޮޑުފޮޅުދޫ އަށް ވަޑައިގަތީ އެރަށުގެ އެމްޑީޕީ މެމްބަރުންގެ ދައުވަތަކަށް

އއ. ބޮޑުފޮޅުދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް އަރުވައިފި އެވެ.

ރައީސް ސާލިހް ބުރާސްފަތި ދުވަހު ހަވީރު ބޮޑުފޮޅުދޫ އަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ވަނީ އެރަށުން ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ބޮޑުފޮޅުދޫ ކައުންސިލުން އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއައްޑަނަ ރައީސް ޞާލިހަށް އެރުވީ އެރަށު ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އެވެ. މި އައްޑަނަ ރައީސް ޞާލިހަށް އެރުވީ އެމަނިކުފާނުގެ ވެރިކަމުގައި ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކުރިމަގަށްޓަކައި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ކައުންސިލު އިން ވަނީ ބުނެފަ އެވެ.

އެގޮތުން އެމްޑީޕީ ސަރުކާރުގައި ބޮޑުފޮޅުދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް 12 ހެކްޓަރުގެ ބިން ހިއްކުމާއި، ފެނާއި ނަރުދަމާގެ މަޝްރޫއު ފެށުމާއި، ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުމުގެ އިތުރުން، ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް މަލްޓި ޓާސްކް ދަނޑާއި، ޒަމާނީ ވޮލީ ކޯޓެއް ތަރައްޤީ ކުރުމާއި، 300 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ، ޖާގަ ތަނަވަސް މިސްކިތެއް ބިނާކޮށްދެއްވުމުގެ އިތުރުން، ޔޫތް ސެންޓަރެއް ޤާއިމްކޮށްދިނުމުގެ އިތުރުން، ރަށުގައި ތިބެގެން ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ އިތުރުން، ޖަޕާން އެބްސީގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ ހެލްތް ސެންޓަރ އެކްސްޓެންޝަންގެ އަދި ލެބޯޓްރީގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދިނުން ހިމެނެއެވެ.

ބޮޑުފޮޅުދޫގައި ރައީސް ޞާލިހުގެ ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމެއްގެ ގޮތުގައު އެރަށު ރައްޔިތުން ފާހަގަކުރާ ކަމަކީ ރަށުގެ ބިން ހިއްކުމެވެ. ބިން ހިއްކުމާއެކު، ތިރީހަކަށް އަހަރަށްފަހު ބޮޑުފުޅަދޫ ރައްޔިތުން އަމިއްލަ ރަށުން ގޯތި ލިބުމަށްއެދި ދެކެމުން އައި ހުވަފެން ވަނީ ހަގީގަތަކަށްވެފައެެވެ.

ރައީސް ސޯލިޙްގެ ސަރުކާރުގައި ރާއްޖޭގެ އާބާދީގެ ކުޑަބޮޑު މިނަށް ނުބަލައި ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ބިން ހިއްކުމާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި މިނޫސްވެސް ރަށްރަށް ބޭނުންވާ ޙިދުމަތްތައް މަގުފަހިކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މިސަރުކާރު އައުމަށްފަހު ގިނަ މަޝްރޫތަކެއް ހުއްޓިފައިވުމާއި އެކު ރައްޔިތުންގެ ނުހަނު ކަންބޮޑުވުންތަކެއް ހުރި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެއެވެ.

- ކޮމެންޓް