ކުޑަކުދިންގެ ބަގީޗާގެ ކޮއްޓަށް ލާފައި ހުރި ޕްލާސްޓިކް "ޖަނަވާރުތައް" . ފާޑުކިއުންތައް އަމާޒުވުމުން ކޮށިން ނެރެފި އެވެ.
އެމްއެންޑީއެފުން ބަލަހައްޓާ ކުޑަކުދިންގެ ޕާކުގައި ހުރި މި ތަކެތި އެ ތަނުން ނެރި އެހެން ސަރައްދުތަކުގައި ބެހެއްޓީ އެކި މީހުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ.
އޭގެ ކުރިން އާޓިފިޝަލް ޖަނަވާރުތައް ހުރީ އެތަނުގައި ނަރުދާ ޖަހައިގެން ހަދާފައިވާ ކޮޓެއްގެ ތެރޭގަ އެވެ. މިނިކާވަގަކާއި ދަޅު ފުއްލާއެއްގެ ސިފައިގައި ހަދާފަ އޮތް އެއްޗެއް އެ ކޮށީގައި ބާއްވާފައި އޮތެވެ.
ކުޑަކުދިންގެ ބަގީޗާގައި މި ތަކެތި ބަހައްޓާފައިވަނީ އެތަން އާ ބަދަލުތަކާއެކު އަލުން ހުޅުވިއިރުގަ އެވެ.
ޕްލާސްޓިކު ޖަނަވާރުތަކުގެ ފޮޓޯތަކާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހަޖޫޖަހާފަ އެވެ.