ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 16:42
ޓެކްސަސް ސްޓޭޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައި
ޓެކްސަސް ސްޓޭޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައި
ސީ.އެން.އެން
ތޫފާން ހާވީ
ތޫފާން ހާވީ: ޓެކްސަސް އަށް އެހީ ހޯދުމަށް ކޮންގްރެސް ގައި އެދެފި
ޓެކްސަސް ސްޓޭޓަށް އެހީގެ ގޮތުގައި 125 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވޭ

އެމެރިކާއަށް އަރާފައިވާ ތޫފާން ހާވީ އާއި ގުޅިގެން ބޯކޮށް ވާރޭވެހި ޓެކްސަސް ސްޓޭޓުގައި ފެންބޮޑުވެފައި ވާތީ އެ ސްޓޭޓަށް އެހީވުމަށް އެހީގެ ގޮތުގައި 7.8 ބިލިއަން ޑޮލަރު ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އެދިވަޑައިގެންފިއެވެ. 

ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ކޮންގްރެސްގައި އެދިވަޑައިގެންނެވި 7.8  ބިލިއަން ޑޮލަރަކީ، އެހީގެ ފުރަތަަމަ ޕޭމަންޓެވެ. ތޫފާން ހާވީ އެރުމުގެ ސަބަބުން ލިބުނު ގެއްލުން އެެއްކޮށް ވަޒަންކޮށް ނިމުމުން އިތުރު ފައިސާގެ އެހީއަށް ކޮންގްރެެސްގައި އެދިވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

އެންމެ ބޮޑަށް ތޫފާންގެ އަސަރުކޮށްފައިވާ ޓެކްސަސް އަށް ރައީސް ޓްރަމްޕް ދެވަނަ ފަހަރަށް ހޮނިހިރު ދުވަހު ވަޑައިގަންނަވާނެއެވެ. ޓެކްސަސް އިން މިހާތަނަށް 47 މީހުން މަރުވެފައިވާއިރު 43000 މީހުން ތިބީ ވަގުތީ ހިޔާތަގުއެވެ. 

ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވެފައި ވަނީ ޓެކްސަސް ސްޓޭޓަށް އެހީގެ ގޮތުގައި 125 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާ ކަމަށެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ދިމާވި ފުރަތަމަ ގުދުރަތީ ކާރިސާ އަކީ ތޫފާން ހާވީ ކަމަށްވާއިރު، އެމަނިކުފާނު ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ތޫފާން ހާވީ އިން ލިބިފައިވާ އަދި ލިބެމުންދާ ގެއެްލުންތަކުން އަރައިގަތުމަކީ "ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށާއި" އެހެން ނަމަވެސް އެމެރިކާގެ މައި ސަރުކާރުން ތިބީ ތޫފާނުގެ ސަބަބުން ޓެކްސަސް އަށް ލިބުނު ގެެއްލުންތަކުން އަރައިގަތުމަށް އެހީ ވުމަށް ތައްޔާރަށް ކަމަށެވެ.

 

 

 

 

 

- ކޮމެންޓް