ކެންޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންނަކީ "ކުށްވެރިންތަކެއް" ކަަމަށް އެގައުމުގެ ރައީސް އުހުރު ކެންޔައްޓާ ސިފަ ކުރައްވައިފިއެވެ.
ރައީސް ކެންޔައްޓާ މިހެން ވިދާޅުވިއިރު ދާދިފަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ ބާތިލު ކޮށްފިއެވެ. ސުޕްރީލް ކޯޓުގެ ނިންމުމާއި ގުޅިގެން އެންމެ ފުރަތަމަ ރައީސް ކެންޔައްޓާ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް އިހުތިރާމު ކުރާ ކަމަށާއި އަދި ގައުމުގެ ހަމަޖެހުމަށް ގޮވާލާ ކަމަށެވެ. އެހެންނަމަވެސް ވެރިރަށް ނައިރޯބީ ގައި ބޭއްވި ރެލީއެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންނަކީ "ކުށްވެރިންތަކެއް" ކަަމަށް ވިދާޅުވުން، މަސްރަހު ހޫނުވާނެ ކަމަށް ބެލެވެއެވެ.
ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެ ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލުކުރިއިރު، ސުޕްރީމް ކޯޓުން ވަނީ ކުރިއަށް އޮތް 60 ދުވަސް ތެރޭ އާ އިންތިޚާބެއް ބާއްވަން އަމުރު ކޮށްފައެވެ.
އޯގަސްޓް މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައި ވަނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ އެވެ. އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާގައި، އިދިކޮޅު ކެނޑިޑޭޓް އޮޑިންގާ އަށް ވުރެ 1.4 މިލިއަން ވޯޓު އިތުރަށް ލިބިވަޑައިގެންފައި ވަނީ ރައީސް އުހުރު ކެންޔައްޓާ އަށެވެ. އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ވިދާޅުވެފައި ވަނީ ކެންޔާގެ އިލެކްޝަން ކޮމިޝަނުގެ އައިޓީ ސިސްޓަމް ހެކްކޮށްފައިވާ ކަމަށާއި އެކަން ކުރީ ނަތީޖާ ބަދަލު ކުރުމަށް ކަަމަށެވެ. ނަތީޖާ ލިބުމާއިއެކު އިދިކޮޅު ކެނޑިޑޭޓް އޮޑިންގާ ވަނީ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ސުޕްރީމް ކޯޓުގައި ޗެލެންޖް ކޮށްފައެވެ.
ކެންޔާ ވެފައި ވަނީ އެފްރިކާ ގައުމުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބެއް ބާތިލު ކުރި ފުރަތަމަ ގައުމު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސުޕްރީމް ކޯޓުގެ ރޫލިން އާއެކު ސަރުކާރާ އިދިކޮޅު ސަޕޯޓަރުން ދަނީ އުފާފާޅު ކުރަމުންނެވެ.