ރާއްޖެޓީވީގެ އީދު ލަވައާއެކު ގިނަ ބަޔަކަށް ހައިރާން ކޮށްލައިފި އެވެ.
ރާއްޖެ ޓީވީ އަކީ ރާއްޖޭގެ އެންމެ މަގުބޫލު ޓީވީ ޗެނަލްކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މި ޗެނަލްގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެންނިހެން މުވައްޒަފުންގެ މަސައްކަތައް އަބަދުވެސް ބަލައިގަންނަ އަދި ތައުރީފު ލިބޭ މަސައްކަތެކެވެ.
ރާއްޖެޓީވީން މި ފަހަރު ތައްޔާރުކުރި އީދު ލަވަ ވެގެން ދިޔައީ އާންމުނަށް ހައިރާންކަން ގެނެސްދިން ލަވައަކަށެވެ. އަޞްހާ އީދުގެ މުނާސަބަތުގައި ރާއްޖެޓީވީގެ މުވައްޒަފުންގެ އީދު ލަވަ "ކުކުޅެއް ކާން" ރިލީޒްކުރީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އަބްދުލް ފައްތާހުއެވެ.
އެއާއެކު ރާއްޖެޓީވީ މެދުވެރިކޮށް ވަރަށް ގިނަ ބަޔަކު ވަނީ ރާއްޖެޓީވީގެ ފޭސްބުކް އަދި ޔޫޓިބިއުން ވެސް ބަލާފަ އެވެ. އަދިއެހެންމެ ސޯސަމީޑިޔާ މެދުވެރިކޮށާއި ރާއްޖެ ޓީވީއަށް ގުޅައިގެން އެލަވަ އާ އާމެދު ދެކޭގޮތް ކިޔާދީފަ އެވެ. ގިނަ ބަޔަކު ބުނީ ރާއްޖެޓީވީގެ އީދު ހަދިޔާ ވަރަށް ބޮޑަށް ކަމު ގޮސްފި ކަމަށާއ ލަވަ ވަރަށް ފުރިހަމަ ކަމަށެވެ. އަދި އަނެއް ބަޔަކު ވަނީ ރާއްޖެޓީވީގެ ޓީމް ވޯކް ފެނިފައި ސަބާސްދޭ ކަމަށް ބުނެފަ އެވެ. އަދި އެހެންމެ ރާއްޖެ ޓީވީގެ މުވައްޒަފުންގެ ފަރާތުން ތަފާތު ހުނަރެއް ފެނުނީމަ ވަރަށް ހިތްހަމަ ޖެހިއްޖެ ކަމަށް ބުނެ އެވެ. އަދި ސިޔާސީ، އިޖްތިމާއީ ކުޅިވަރުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ މީހުންނާއެކު ޕްރޮގުރާމްތަކުންނާއި ނޫސްވެރިންގެ ބައްދަލުވުންތަކުން ފެނުން މޫނުތައް މި ފަހަރު ފެނުނީ ތަފާތު ގޮތަކަށް ކަމަށާއި އެފަދަ ލަވައެއް އައިސްދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބައެއް މީހުން ބުންޏެވެ. އަދި ރާއްޖެޓީވީގެ ކެމެރާމަނުންނާއި އެޑިޓަރުން ދައްކާލީ ތަފާތު ހުނަރެއްކަން އާންމު ބައެއް ފަރާތްތަކަށް ވީ މަޖާ އަދި ހިތްގައިމު ކަމަށެެވެ.
ރާއްޖެޓީވީގެ 26 ސްޓާފުންގެ ހުނަރު ފެނިގެންދިޔަ މި ލައިވައިގެ ޅެން ހައްދަވާ ދެއްވީ މީގެ ކުރިންވެސް ގިނަ ޅެންތަކެއް ހައްދަވާފައިވާ ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް އެވެ. އަދި ނެރުމާއި ސަގާފަތް ދައްކާދިން ލަވަ ޑައިރެކްޓަރު ކޮށްދިނީ ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް އެވެ.
މި ލަވަ ޖޯޝާ ފޯރިއާއި އެކު ހުށަހަޅާފައިވަނީ މުހައްމަދު ޝާހިދެވެ. އަދި ކޯރަސްގެ ބައި ހުށަހަޅާފައިވަނީ ޝަހީދާ ރިފްއަތު އެވެ.އަދި ރެކޯޑިންގ އަދި މިކްސިން ހަދާފައިވަނީ ހުސެއިން ރަމީޒު އެވެ.މިލަވަ މިހާރު ރާއްޖެޓީވީގެ ފޭސްބުކް އަދި ޔޫޓިބިއުން ފެންނަން ހުންނާނެއެވެ.
ބޮޑު އީދުގެ ކުޅިވަރުތަކާއި، ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ފޯރިޔާއެކު ކުރިއަށްގެންދަމުންނެވެ. އެގޮތުންސަޤާފީ އެކި ކުޅިވަރުތައް ހިމެނޭގޮތަށް ހަރަކާތްތައް ކުރިއަށްގެންދެ އެވެ.