މަރާމާތަށްފަހު ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވާނެއެވެ.
ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވާ ގޮތަށް ހަމަޖެހިފައި ވީ ނަމަވެސް ބަގީޗާ އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންކަމަށާއި މި މަސައްކަތްތައް ނިމެންދެން ބަގީޗާ ހުޅުވިފައި ހުންނަނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް ކަމަށް ސިފައިންގެ ކޯޕަރޭޓިވް(ސިފްކޯ) ބުނެއެވެ.
ކުޑަކުދިންގެ ބަގީޗާގައި މިހާރު ކުރެވެމުންދާ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ރަސްމީކޮށް ކުޑަކުދިންގެ ބަގީޗާ ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ފަހުން ބޭއްވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
ކުޑަކުދިންގެ ބަގީޗާ މަރާމާތައް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.