Advertisement
ކ. މާލެ
|
22 އޯގަސްޓް 2025 | ހުކުރު 07:52
ސްރީ ލަންކާ ގެ ކުރީގެ ރައީސް، ރަނިލް ވިކްރަމަސިންހަ
ސްރީ ލަންކާ ގެ ކުރީގެ ރައީސް، ރަނިލް ވިކްރަމަސިންހަ
ގެޓީއިމޭޖަސް
ސްރީ ލަންކާ
ޚިޔާނާތުގެ ތުހުމަތުގައި ލަންކާގެ ކުރީގެ ރައީސް ރަނިލް ގެ ބަޔާން ނަގަން ހާޒިރު ކުރަނީ
ކުރީގެ ރައީސް ރަނިލް އަނބިކަނބަލުންގެ ދަސްވެނިވުމަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރާ ގުޅިގެން މާލީ ޚިޔާނާތުގެ ތުހުމަތެއްގައި ތަޙްޤީޤަށް ހާޒިރުވާން ލަންކާގެ އެފްސީއައިޑީއިން ވަނީ އަންގާފައި.

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތެއް ގައި ބަޔާން ނަގަން ހާޒިރު ކުރާ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އޭނާ ގެ ބަޔާން ނެގުމަށް ހުކުރު ދުވަހު ހާޒިރުވުމަށް އަމުރު ކޮށްފައި ވަނީ މާލީ ޚިޔާނާތްތައް ތަހުގީގު ކުރާ އިދާރާ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ) އިންނެވެ.

ޙާޟިރުވުމަށް އަންގާފައިވަނީ އޭނާގެ ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރަކާ ގުޅޭގޮތުން ބަޔާނެއް ނެގުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ވިކްރަމަސިންހަ ލަންޑަނަށް ދަތުރުކުރެއްވީ އޭނާ ރައީސްކަމުގައި ހުންނެވި ދުވަސްވަރު، އޭނާގެ އަނބިކަނބަލުން ޕްރޮފެސަރ މައިތްރީ ވިކްރަމަސިންހަ ގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ގައި ބައިވެރިވެވަޑައިގަތުމަށެވެ.

- ކޮމެންޓް