ކ. މާލެ
|
1 ސެޕްޓެންބަރ 2017 | ހުކުރު 14:45
ގާނޫނީ ވަކީލު ހަނީފާ ހާލިދު --
ގާނޫނީ ވަކީލު ހަނީފާ ހާލިދު --
ފޭސްބުކް
އިލެކްޝަންސް ކޮމިޝަން
އީސީއަކީ "ކުކުޅެއް"، އަލިވިލޭނީ ހާލެއް ގޮވީމަ:ހަނީފާ
އިލެކްޝަންސް ކޮމިޝަނަށް ކިތަންމެ ވަރަކަށް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނިނަމަވެސް ގޮނޑިއެއް ނުގެއްލޭނެ
އިލެކްޝަންސް ކޮމިޝަނަށް އޮތީ އިންތިހާބުތައް ބޭއްވުން، ގޮނޑި ގެއްލުވާލުމެއް ނޫން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މެމްބަރުންނާމެދު ސުޕްރީމް ކޯޓުން ޝަރީއަތް ހިންގަންޖެހޭ

ކުކުޅެއް ކިތައްމެ ވަރަކަށް ހަޅޭއްލެވިޔަސް އަލިވިލޭނީ  ހާލެއް ގޮވީމަ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ ލީގަލް ޑިރެކްޓަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިހާރު ފެންމަތި ވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހަ ގޮނޑިއެއް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާ ގުޅިގެން މަޝްހޫރު ދިވެހި ރައިވަރަކަށް ނިސްބަތްކޮށް، ހަނީފާ ވިދާޅުވީ އިންތިހާބު ކުރެވޭ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށެވެ.

"އެބޭފުޅުން އަމިއްލަފުޅަށް ތިން މެމްބަރުން ހަތަރު މެމްބަރުން ތިއްބަވާފަ މިހާރު މިހިސާބުން މި ގޮނޑި ގެއްލުނިއްޔޭ، އެހެނެއް ވިދާޅެއް ނުވެވޭނެ. އެބޭފުޅުންނަކީ ވޯޓް ކަރުދާސް ޗާޕްކޮށްފަ، މީހުންގެ އަދަދަށް ވޯޓް ކަރުދާސް ފޯރުކޮށްދީފަ، ވޯޓް ފޮށި ބަހައްޓަ ދޭން ގާނޫނުން ލާޒިމްކޮށްފަ ތިބި ބައެއް. އެއްވެސް ހާލެއްގައި މީހުންގެ ގޮނޑި ގެއްލުވާކަށް ނުވަތަ ގޮނޑި ދޭކަށް ތިބި ބައެއް ނޫން،" ހަނީފާ ވިދާޅުވި އެވެ.

ހަނީފާ ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"ކުކުޅެއް ކިތައްމެވަރަކަށް ހަޅޭއްލެވިޔަސް އަލިވިލޭނީ  ހާލެއް ގޮވީމަ. އިލެކްޝަންސް ކޮމިޝަނަކީ މިހާލަތުގައި ކުކުޅެއް ކަމަށް އަޅުގަނޑު ދެކެނީ،" ހަނީފާ ވިދާޅުވި އެވެ.

ހަނީފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިޖެ ކަމަށް ކިތަންމެ ވަރަކަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް މެމްބަރެއްގެ ގޮނޑި ގެއްލޭނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތަށް ސުޕްރީމް ކޯޓުން މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީމަ ކަމަށެވެ.

މީގެ އިތުރުން ހަނީފާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް އާއި ނާއިބު ރައީސް އަހުމަދު ފަޔާޒު މެމްބަރުންކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ސެކްޝަނަކުން ހިންގާފައިވާ ކަމެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ސެކްޝަނުގެ ވެރިންގެ މައްޗަށް ޝަރީއަތްނުކޮށް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް ޝަރީއަތް ހިންގާ ވަކިކުރެއްވިއިރު، މިހާރު އިލެކްޝަންސް ކޮމިޝަން ހިންގަމުންދާ ކަންކަމުގެ މައްޗަށް ޝަރީއަތް ހިންގުން މާއައުލާކަން ބޮޑު ކަމަށް ވެސް ހާނީފާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް