މީގެ ތިން ދުވަސްކުރިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ކުއްޖާ ބުރާސްފަތި ދުވަހުގެ ރޭ 23:00 ހާއިރު ހުޅުމާލެ މަގެއްގެ މަތިން ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެ ކުއްޖަކީ އުމުރުން 17 އަހަރުގެ އދ.ހަންޏާމީދޫ ބްލޫހެވަން، ޢާއިޝަތު ޝިމްރީން ޢިމާދު ކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ.
މި ކުއްޖާ ގެއްލިގެން ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އޯގަސްޓް 27 ވަނަ ދުވަހުގެ މެންދުރު 13:30 ހާއިރުކަމަށް ފުލުހުން ބުންޏެވެ.