އދ.ދިގުރަށުން ފެނުނީ ގޮވާޒާތުގެ އެއްޗެއް ނޫންކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާއި ބާރުން ބުނެފިއެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިސަރ ވިދާޅުވީ، ދިގުރަށުން ފެނިފައިވަނީ "އެކްސްޕްލޯސިވް" ޖަހާފައިވާ ހުސް ކޮންޓައިނަރެއް ކަމަށެވެ.
އަދި އެއީ އެއްވެސް ހާލަތެއްގައި ނުރައްކާތެރި، ގޮވާޒާތުގެ އެއްޗެއް ނޫން ކަން އެެމްއެންޑީއެފް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފް އިން ބުނީ ދިގުރަށުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން ގޮސްފައިވަނީ ނުރައްކާތެރި ގޮވާ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށް އެރަށު ކައުންސިލުން ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެ މައުލޫމާތު ކައުންސިލުން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:15 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.