ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 14:40
ދިގުރަށުން ގޮވާޒާތުގެ އެއްޗެއް ކަމަށް ބެލޭ ޑިވައިސްއެއް ފެނުނު ސަރަަހައްދު ބަންދުކޮށްފައި
ދިގުރަށުން ގޮވާޒާތުގެ އެއްޗެއް ކަމަށް ބެލޭ ޑިވައިސްއެއް ފެނުނު ސަރަަހައްދު ބަންދުކޮށްފައި
އެމްއެންޑީއެފް
ދިގުރަށް
ދިގުރަށުން ގޮވާޒާތުގެ އެއްޗެއް ފެނިއްޖެ
ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައި
މި ޑިވައިސް ފެނިފައިވަނީ މެންދުރު 02:00 ހާއިރު
ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން

އދ.ދިގުރަށުން ގޮވާޒާތުގެ އެއްޗެއް ފެނުނު ކަމަށް ބުނެ، ދިގުރަށުގެ ޕިކްނިކް ސަރަހައްދުން ބޮޑު ބައެއް ބަންދު ކޮށްފި އެވެ.

އެރަށު ކައުންސިލް މެންބަރުން އިމްރާނު އާދަމް ވިދާޅުވީ، އެރަށުގެ ސަރަހައްދެއް ބަންދުކޮށް ފުލުހުން ހަރަކާތްތެރިވަމުން ދަނީ އެ ސަރަހައްދުން ގޮވާޒާތުގެ އެއްޗެއް ފެނިގެން ކަމަށެވެ. އެ ސަރަހައްދު ވަނީ، މީހުންނަށް ނުވަދެވޭގޮތަށް ބަންދުކޮށްފަ އެވެ. އަދި އާންމުން ވެސް އެ ސަރަހައްދަށް ނުދިއުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިއަދު 02:00 ހާއިރު އެރަށު ހުޅަނގު ފަރާތުން ގޮވާއެއްޗެއް ކަމަށް ބެލޭ އެއްޗެއް ފެނިފައިވާ ކަމަށެވެ. އެ އެއްޗަކީ އެ ސަރަހައްދަށް ލައްގާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށާއި، ފުލުހުން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަަމަށް ފުލުހުން ބުނެ އެވެ. 

 މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފު މީޑިޔާ އޮފިޝަލް ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބުމުން، ދިގުރަށުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެމްއެންޑީއެފް އިން ބުނީ، މިހާދިސާ އެމީހުން ރިޕޯޓްކޮށްފައިވަނީ 11:15 ހާއިރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް