ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 14:43
ގާސިމް އިބްރާހީމް
ގާސިމް އިބްރާހީމް
ރާއްޖެ އެމްވީ
ގާސިމްގެ ޝަރީޢަތް
ގާސިމްގެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭފަދަ ބައްޔެއް ނޫން: ކޯޓް
ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން އެންމެ ތަނަވަސްމިނުގައި ދޭން ޖެހޭ ފުރުސަތުތައް ޝަރީއަތުން ދީފައިވާނެ
ޝަރީއަތުގެ މަޖިލިސްތަކުގައި ގާސިމްގެ ސެކިއުރިޓީންނަށް ތިބުމުގެ ފުރުސަތު ވާނީ ދީފައި
ޝަރީއަތަށް ހާޒިރުވުމަށް ޗިޓު ފޮނުވާ ދުވަސްތަކާ ގުޅުވައިގެން ހޮސްޕިޓަލްގައި އެޑްމިޓްވާ ކަން ވަނީ ފާހަގަކުރެވިފަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެމައްޗަށް ދައުލަތުން ހުށައެޅި ރިޝްވަތުދޭން ހުށައެޅުމުގެ ދައުވާގެ ހުކުމް ގާސިމްގެ ޣައިރު ހާޒިރުގައި އިއްވީ ގާސިމްގެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭފަދަ ބައްޔެއްކަން ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކުން އެނގެން ނެތުމުން ކަމަށް ގާސިމްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފިއެވެ. 

ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތުގެ ޚުލާސާ ރިޕޯޓް ކްރިމިނަލް ކޯޓުން  ވަނީ ޢާންމުކޮށްފައެވެ. ޤާސިމްގެ މައްޗަށް މި ދަޢުވާ ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިމަހުގެ 25 ވަނަ ދުވަހުވަނީ ޙުކުމްކޮށްފައެވެ.

ރިޕޯޓްގައި ބުނީ، ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން އެންމެ ތަނަވަސްމިނުގައި ދޭން ޖެހޭ ފުރުސަތުތައް ޝަރީއަތުން ދީފައިވާނެ ކަމަށެވެ.އެގޮތުން ޝަރީއަތުގެ މަޖިލީހުގައި އިށީނދެވަޑައިގެން ވާހަކަ ދެއްކެވުމުގެ ފުރުސަތު ގާސިމަށް ދެއްވި ކަމަށް ވަނީ ބުނެފައެވެ.  ހަމައެހެންމެ ޝަރީއަތުގެ މަޖިލިސްތަކުގައި ގާސިމްގެ ސެކިއުރިޓީންނަށް ތިބުމުގެ ފުރުސަތު ދިނުން ފަދަ ކަންކަން މަގުފަހިކޮށްދީފައިވާނެ ކަމަށް ވެސް ގާސިމްގެ މައްސަލަ ނިންމި ރިޕޯޓުގައި ވަނީ ބުނެފައެވެ. 

ރިޕޯޓުގައި ބުނިެފައި ވަނީ ގާސިމް ޝަރީއަތަށް ހާޒިރުވުމަށް ޗިޓު ފޮނުވާ ދުވަސްތަކާ ގުޅުވައިގެން ހޮސްޕިޓަލްގައި އެޑްމިޓްވާ ކަން  ފާހަގަކުރެވިފަ އިވާ ކަމަށެވެ. ކޯޓަށް ހާޒިރުވުމަށް ފަހު، ބަލި ހާލަތު ބަޔާން ކުރުމުގެ ގޮތުން ދައްކާ ވާހަކަތަކާއި ކޯޓުގެ އަޑުއެހުން ނިމުމުން މީޑިއާއާ ވާހަކަ ދައްކާ ގޮތުގައި ބޭރު ފުށުން ފެންނަން ހުރި ތަފާތުތައް ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުގައި ވެ އެވެ.

މީގެ އިތުރުން ގާސިމް އެޑްމިޓްކުރި ކޮންމެ ފަހަރަކު ވެސް ސިއްހީ ފުރިހަމަ ފަރުވާ ހޯދައި ކޯޓަށް ހާޒިރުވެވޭނެ މިންވަރަށް ރިކަވާ ވެފައިވާކަން އެނގޭ ކަމަށް ވެސް ރިޕޯޓްގައިއެވެ."ގާސިމްގެ ގައިގައި ހުރި ބައްޔެއް ދެނެގަތުމަށް ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާ ދީފައިވާ ކަމާއި ނަމަވެސް އެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭ ފަދަ ބައްޔެއްކަން ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތް، ރިޕޯޓުގައި ވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ގާސިމްގެ ޝަރީއަތް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ އަށް ލިބިދޭ ހައްގުތައް ފުރިހަމައަށް ދީ، އެ ގާނޫނުގައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.

ޖިނާއީ މައްސަލަތައް ޣައިރު ޙާޟިރުގައި ނިންމުމަކީ އާ ކަމެއް ނޫންކަން މިމައްސަލއިގެ ޚުލާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ޝަރީޢަތުގެ ޙުކުން އިއްވުން ފިޔަވައި ހުރިހާ މަރުހަލާއެއް ކުރިއަށްގެންގޮސްފައިވަނީ ޤާސިމްގެ ޙާޟިރުގައި ކަމުން، މިކަމުގައި ޤާސިމްގެ ޙައްގެއް އުނިވެގެން ދާނެ ތަނެއް ނެތްކަމަށް ޤާޟީ ފާހަގަކޮށްފައިވެއެވެ. އަދި ގާސިމްގެ ޣައިރު ހާޒިރުގައި މައްސަލައިގެ ހުކުމް އިއްވާފައި ވަނީ ގާނޫނޫލް އުގޫބާތުގެ ދަށުން ފަނޑިޔާރަށް ލިބެދޭ ބާރުގެ ދަށުން ކަމަށް ހުލާސާ ރިޕޯޓުގައި ބުނެފައުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް