ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 10:00
ރާއްޖެ އައި ތިން މަނަވަރުގެ ތެރެއިން މަނަވަރެއް
ރާއްޖެ އައި ތިން މަނަވަރުގެ ތެރެއިން މަނަވަރެއް
އެމްއެންޑީއެފް
ޗައިނާގެ މަނަވަރު
ޗައިނާގެ މަނަވަރުތައް ރާއްޖެއިން ފުރައިފި
ދިވެހި އަސްކަރިއްޔާއާއެކު ހަރަކާތްތަކެއް ހިންގި
ދިވެހި ސިފައިންގެ ހޫނު މަރުހަބާއެއް
މަނަވަރުތައް ރާއްޖެއައީ މިމަހުގެ 27 ގައި

ރަހުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެއައި ޗައިނާގެ ތިން މަނަވަރު ރާއްޖެއިން ފުރައިފި އެވެ.

ޗައިނާގެ ކަނޑުގެ އަސްކަރިއްޔާގެ ތިން މަނަވަރެއް ރާއްޖެ އައީ އޯގަސްޓް 27 ވަނަ ދުވަހު އެވެ. ރާއްޖެ އައި ތިން މަނަވަރަކީ، ޗައިނީސް ނޭވީގެ ޗޭން ޗަން އާއި، ޖިންގް ޒޫ އަދި ޗައޮ ހޫ އެވެ.

އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި ސިފައިން ވަނީ މަނަވަރުތަކުގެ ސެއިލަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޗައިނާ މަނަވަރުތަކުގެ ސެއިލަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.

މަނަވަރުތަކުގެ ސެއިލަރުންނާ ގުޅިގެން ދިވެހި ސިފައިން ތަމްރީނު ހަރަކާތްތަކެއް ހިންގާފައިވާއިރު، އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ބައެއް ކުޅިވަރު ހަރަކާތްތައް ވެސް ބޭއްވިއެވެ. އަދި، ގިރިފުށީ ޓްރޭނިންގ ސެންޓަރަށާއި، އެމްއެންޑީއެފްގެ ބައެއް އޭރިއާގެ ހެޑްކްއޯޓަރޒްތަކަށް ޒިޔާރަތްކޮށްފައި ވެސް ވެއެވެ.

ޗައިނާ ނޭވީގެ ތިން މަނަވަރުގެ ކޮމާންޑަރ، ރެއާ އެޑްމިރަލް ޝެން ހާއޯ، ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި، ދިވެހި އަސްކަރިއްޔާ އާއި ޗައިނާގެ އަސްކަރިއްޔާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ތަފާތު އެކި ދާއިރާތަކުން މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޗައިނާ އަސްކަރިއްޔާގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް