ކ. މާލެ
|
30 އޯގަސްޓް 2017 | ބުދަ 15:44
އިދިކޮޅު މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އިދިކޮޅު މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
މެމްބަރުންގެ ގޮނޑީގެ މައްސަލަ
ގޮނޑިއެއް ނުގެއްލޭ މުއައްސަސާތަކަށް ވަނީ ސިޔާސީ ނުފޫޒްވަދެފަ: އިދިކޮޅު މެމްބަރުން
ބައި އިލެކްޝަނެއް ނުބޭއްވޭނެ ގޮނޑިއެއް ނުގެއްލޭ
އީސީން މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފަށް
އީސީ އިން ބައިއިލެކްޝަން ބާއްވާނަ ސަލާމަތީ ބާރުތަކުން އެކަން ހުއްޓުވަން ޖެހޭނެ

ހަ ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެ ގޮނޑިތައް ނުގެއްލޭ ކަމަށް އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެއްޖެއެވެ.

ހަ ދާއިރާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައި ބައި އިލެކްޝަންސް ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންއިން އިއުލާން ކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ހަ ދައިރާއެއްގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނީ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވެދަފައި ވުމުގެ ސަބަަބުން ކަމަށެވެ.

އަމީތު ވިދާޅުވީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި ބައި އިލެކްޝަން ބޭއްވުމަށް އިއުލާން ކުރުމުން އެކަމާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން ނިންމި ނިމުގައިވާ ގޮތުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

އަމީތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތައް ކަނޑައަޅައި ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުންކުރި ހުކުމުގައި ބުނެފައިވާ ގޮތުން އެ ހުކުމުގެ ކުރިން ހިންގާފައިވާ އެއްވެސް އިޖުރާއަތުތަކެއްގެ މައްޗަށް ބިނާކޮށް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑަނޭޅޭނެ ކަމަށް އަމީތު ވިދާޅުވިއެވެ. އެންމެ ފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވެސް ޖުލައި 13 ވަނަ ދުވަހާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިއްބެވި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލެން ޖެހޭ ފަދަ ކަމެއް އެ މެމްބަރުން ކޮށްފައިވާކަން އެނގެން ނެތް ކަމަށް ހުކުމުގައި ބުނެފައިވާ ކަމަށާއި އެހެން ކަމުން އެއްވެސް މެމްބަރެއްގެ ގޮނޑިއާ މެދު ހިލާފެއް ނެތް ކަމަށް ސްޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވާ ކަމަށް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ މެންބަރުން ހޮވިވަޑައިގެންފައި ތިއްބެވީ ގޮނޑި ގެއްލިފައިވާ މެންބަރުން ވެސް ވޯޓު ދެއްވައިގެން ކަމަށެވެ. އެ ވޯޓު އޭރު ދެއްވީ އަނިޔާވެރިވެ ޒާލިމުންނަށް ވުމަށް ނޫން ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އީސީގައި ތިއްބެވި މެމްބަރުން ބޭނުންވާ މާނައެއް ނެރުއްވައި، ބޭނުން ގޮތަށް އަމަލު ކުރެއްވުމަކީ ގާނޫނީ ގޮތުން އީސީއަށް ލިބޭ ހައްގެއް ނޫނެވެ. އީސީން ބައި އިލެކްޝަން ބާއްވަން އިއުލާން ކުރުމާ ގުޅިގެން އެކަމުގައި އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އަމީތު ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އެކަން ރައްޔިތުންގެ މަޖިލީހަށް އެންގީ ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ކުރިން ހިނގާދިޔަ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުތަކަކީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް އަމީތު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިވާ ވިލިގިނލީ ދާއިރާގެ މެމްބަރު ސައުދު ހުސެން ވިދާޅުވީ ހަ ދާއިރާގެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން ކަނޑައެޅީ އިލެކްޝަންސް ކޮމިޝަން އަކީ ޕީޕީއެމްގެ ބައެއް ކަމަށް ވާތީ ކަމަށެވެ.

ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިޖެކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އެ ބާރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ކަމަށެވެ. އެހެން ކަމުން މެމްބަރުންގެ ގޮނޑިއާ މެދު އެއްވެސް ހިލާފެއް ނުއުފެދޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ތަބާވާންެޖެހޭނެ ކަމަށާއި އެ ނިންމުމާއި ހިލާފަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނަމަ ސަލާމަތީ ބާރުތަކުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިލެކްޝަންސް އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާއި އަދި ނެރެފައިވާ އަމުރުތަކާއި ނިންމުންތަކުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބްވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތުގެ ވާހަކަ ކަމަށާއި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުގައި ވާދަކުރި މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތުގެ ވާހަކައެއް ސުޕްރީމް ކޯޓުގެ އެއްވެސް އަމުރެއްގައި ވެސް ހުކުމެއްގައި ވެސް އަދި ނިންމުމެއްގައި ވެސް ނެތް ކަމަށެވެ. އެހެން ކަމުން އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އޭނާ އިންތިހާބްވީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އެހީގައި ނޫން ކަމަށާއި އެހެން ކަމުން އޭނާގެ ގޮނޑި ގެއްލޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އަދި އޭނާ ޕީޕީއެމްއާ ގުޅުނު ނަމަވެސް ސްޕްރީމް ކޯޓުގެ ހުކުމުގެ ކުރިން އޭނާ ޕީޕީއެމް އިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ސްޕްރީމް ކޯޓުގެ ހުކުމުގެ ކުރިން އޭނާ ޕީޕީއެމްގެ ދަފްތަރުން ވަކިކުރުމަށް އެދި އީސީ އަސް ސިޓީ ފޮނުވި ކަމަށް ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް