ކ. މާލެ
|
30 އޯގަސްޓް 2017 | ބުދަ 00:01
އިމްތިޔާޒް ޕރެސް ދެއްވަނީ
އިމްތިޔާޒް ޕރެސް ދެއްވަނީ
ރާއްޖެ އެމްވީ
އިދިކޮޅު ޕާޓީތައް
ފާރިސްގެ މައްސަލަ އިސްފަނޑިޔާރުގެ ބިއުރޯއަށް ބަދަލު ކުރުމަކީ ޤާނޫނާ ޚިލާފް ކަމެއް:ގުޅިފައިވާ ޕާޓީތައް
ފާރިސްގެ ޝަރީޢަތް މިހާރު ދަނީ އިންސާފަކުން ނޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ ޝަރީޢަތް ހައި ކޯޓްގައި ކުރިން ހިންގަމުންދިޔަ ފަނޑިޔާރު އަތުން އަތުލައި އިސް ގާޒީގެ ބިއުރޯއަށް ބަދަލު ކުރުމަކީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު މ ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނަ އުތުރު ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ ވިދާޅުވީ ފާރިސްގެ މައްސަލަ މިހާރު ހައި ކޯޓްގައި ކުރިއަށްދާ ގޮތުން ނުފޫޒު ވަންނަ ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އިމްތިޔާޒު ވިދާޅުވީ ޝަރީއަތްތައް ހިންގަން ޖެހޭނީ ހާމަކަންބޮޑުކޮށް ދެފުށް ފެންނަ ގޮތަށް ނުފޫޒެއް ނެތި ކަމަށެވެ. ނަމަވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް އުޒުރެއް ނެތި ކުއްލިއަކަށް ފާރިސްގެ މައްސަލަ އިސްފަނޑިޔާރުގެ ބިއުރޯއަށް ނެގުމުން ކަންބޮޑުވާ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ މައްސަލަ އިސްފަނޑިޔާރު ބިއުރޯއަށް މައްސަލަ ބަދަލު ކުރި އިރު ފަނޑިޔާރަކު ތަނާޒުލުވީތޯ ނުވަތަ ނުވަތަ ޝަރުތެއް ގެއްލުނީކަން ވެސް އަންގާފައި ނުވާ ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ އެފަދަ އުޒުރެއް ނެތި އެގޮތައް ބަދަލު ކުރުމަކީ ފަނޑިޔާރުންގެ ޤާނޫން ބުނާގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް