ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 21:21
މާލޭ ދެކުނު ފަރާތުގެ ނެރުން ވަންނަން އުޅުނު ލޯންޗެއް ފަރަށް އަރާފައި
މާލޭ ދެކުނު ފަރާތުގެ ނެރުން ވަންނަން އުޅުނު ލޯންޗެއް ފަރަށް އަރާފައި
ރާއްޖެއެމްވީ
ދެކުނު ފަރާތު ނެރު
ފުއްޓަރު ފަރާތުގައި ބަނދަރެއް ހެދުމަކީ، އެއްވެސް އިރެއްގައި ކުރާ ކަމެއް ނޫން: ރައީސް ނަޝީދު
އެކަށީގެންވާ ދިރާސާތަކެއް ނުކޮށް، މާލޭގެ ދެކުނު ފަރާތުން ނެރެއް ކެނޑުމާއި ގުޅިގެން ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުން
އެގޮތުން ގިނަ ލޯންޗުތަކެއް ބަނޑުންޖަހާލާފައިވާއިރު، އެކީ މީހުންނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ
ދެކުނު ފަރާތު ނެރުގެ މަސައްކަތް ނުނިމޭތީ ބޭނުން ނުކުރަން އަނެއްކާ ވެސް ވަނީ އަންގައިފަ

ފުއްޓަރު ފަރާތުގައި ބަނދަރެއް ހެދުމަކީ، އެއްވެސް އިރެއްގައި ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ސަރުކާރުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

 

މާލޭ ދެކުނު ފަރާތުގައި ނެރެއް ކަނޑާ، އެ ނެރުގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، އެކަމަށް އިޝާރަތް ކުރައްވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޓުވީޓާގައި ވިދާޅުވީ، އަންޒަމާނުއްސުރެ ރާއްޖޭގެ އެއްވެސް ރަށެއްގެ ފުއްޓަރުގައި ބަނދަރު ހަދާ ނޫޅޭ ކަމަށެވެ. ޒަމާނީ ސައިންސް ވަނީ އެކަން ކަށަވަރު ކޮށްދީފައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

 

"އަންޒަމާނުއްސުރެ، ރާއްޖޭގެ އެއްވެސް  ރަށެއްގެ ފުށްޓަރުގައި ބަނދަރެއް ހަދައެއް ނޫޅޭ. ޒަމާނީ ސައިންސް ވަނީ މިކަން ކަށަވަރު ކޮށްދީފަ" ރައީސް ނަޝީދު ވިދާޅުވި އެވެ.

 

އެކަށީގެންވާ ދިރާސާތަކެއް ނުކޮށް، މާލޭގެ ދެކުނު ފަރާތުން ނެރެއް ކެނޑުމާއި ގުޅިގެން ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ގިނަ ލޯންޗުތަކެއް ބަނޑުންޖަހާލާފައިވާއިރު، އެކީ މީހުންނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

 

ނެރުގެ މައްސަލާގައި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދެކުނު ފަރާތު ނެރުގެ މަސައްކަތް އަދިވެސް އެއްކޮށް ފުރިހަމަ ނުވާ ކަމަށާއި އެ ނެރު ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެހެންވެ އެ ނެރާއި އެ ސަރަހައްދު ބޭނުން ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެތަން އަދި ބޭނުން ނުކުރަން މިދިޔަ އަހަރު ވެސް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 އޯގަސްޓް 2017 | އަންގާރަ 21:23
ސައްޕޭ
ރައްޔިތުންނަށް މިވާ އަނިޔާއާއި ގެއްލުމުގެ ޒިއްމާ އުފުލާފަރާތަަކީ ކޮބާ؟