ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 19:23
އޮނަރަރީ އެވޯޑް
އޮނަރަރީ އެވޯޑް
ރާއްޖެ އެމްވީ
ޑރ. ސޯލިހް
ލަންކާގެ ކޮލެޖް އޮފް ސާރޖަންސްގެ އެންމެ މަތީ ދަރަޖައިގެ އެވޯޑް ޑރ. ސޯލިހަށް
ސޯލިހް ސިއްހީ ދާއިރާގައި ހިދުމަތް ކުރައްވާތާ 23 އަހަރު ވެއްޖެ
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ވެސް ފައުންޑާ މެމްބަރެއް

ސްރީ ލަންކާގެ  ކޮލެޖް އޮފް ސަރޖަންސްއިން އަރުވާ އެންމެ މަތީ ދަރަޖައިގެ އެވޯޑް، ރާއްޖޭގެ މަޝްހޫރު ސާޖަން ޑރ. މުހައްމަދު ސޯލިހަށް ދެއްވައިފި އެވެ. 

އެ ކޮލެޖުގެ އޮނަރަރީ ފެލޯޝިޕް އެވޯޑް ހަވާލުކޮށްފައިވަނީ ކޮލެޖް އޮފް ސަރޖަންސްގެ 46 ވަނަ އަހަރީ އެކެޑެމިކް ސެޝަންގަ އެވެ. މި ސެޝަންތައް ކުރިއަށް ގޮސްފައިވަނީ އޮގަސްޓް 17 އިން 19 އަށެވެ.

މި އެވޯޑް ދެނީ ލަންކާ އާއި އެެހެން ގައުމުތަކުގައި ޑޮކްޓަރުންގެ ހިދުމަތުގެ އަގު ވަޒަންކޮށް،ސިއްހީ ދާއިރާ ތަރައްގީކުރުމަށް އެ ޑޮކްޓަރުން ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑެކެވެ. 

ސްކޫލް ދައުރު ނިންމެވުމަށް ފަހު ޑރ. ސޯލިހް ސިއްހީ ދާއިރާއަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1982 ވަނަ އަހަރު އެވެ. އިންޑިއާއިން މެޑިސިން ކިޔެވުމަށް ފަހު އެންމެ ފުރަތަަމަ މަސައްކަތް ކުރަންވަން ފެއްޓެވީ މާލޭ ސެންޓްރަލް ހޮސްޕިޓަލުގަ އެވެ. އެއަށް ފަހު އަމިއްލަ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ވެސް މަސައްކަތްކުރެއްވެވި އެވެ. މިހާރު ޑރ. ސޯލިހަކީ މެޑިކާ ހޮސްޕިޓަލްގެ ސާޖަން އެކެވެ. އަދި މެޑިކާ ހޮސްޕިޓަލް އުފެއްދެވުމުގައި އިސް ދައުރެެއް އަދާކުރެއްވެވި އެވެ. 

 ޑރ. ސޯލިހަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ވެސް ފައުންޑާ މެމްބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 އޯގަސްޓް 2017 | ބުދަ 10:07
އައިޝަތު
އަމިއްލަ އައިޖީއެމްއެޗް ހޮސްޕިޓަލް ގެ މާނަ އަކީ ކޮބައިތޯ