ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 15:16
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް
މުހައްމަދު ޝަރުހާން
ފާރިސްގެ މައްސަލަ
ރިޝްވަތުގެ މައްސަލައިގެ ލިޔުންތައް ވަކީލުންގެ ހާޒިރުގައި ފާރިސްއާ ހަވާލުކޮށްފި
މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ތުހުމަތު
މި މައްސަލައާ ގުޅިގެން މާފުށީގައި ބަންދުކޮށްފައި
ޝަހްސް އޮޅުވާލުމުގެ ޝަރީއަތެއް ކުރިއަށް އެބަދޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާގެ ލިޔުންތައް ހަވާލުކޮށްފި އެވެ.

ފާރިސްއާ ލިޔުންތައް ހަވާލުކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު ކޯޓަށް ހާޒިރުކުރުމަށްފަހު އެވެ. އާދިއްތަ ދުވަހު ވެސް ލިޔުންތައް ހަވާލުކުރުމަށް ފާރިސް ކޯޓަށް ހާޒިރުކުރި އެވެ. އެހެން ނަމަވެސް ވަކީލުންނާ ނުލައި ހާޒިރުކުރުމުން ފާރިސް ވަނީ ލިޔުންތަކާ ހަވާލުވާން އިންކާރު ކުރައްވާފަ އެވެ.

ހޯމަ ދުވަހު ފާރިސް ލިޔުންތަކާ ހަވާލުވެވަޑައިގަތީ ގާނޫނީ ވަކީލުންނާއެކު ކޯޓަށް ހާޒިރުކުރުމުންނެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތު ފާރިސްގެ މައްޗަށް ކުރެ އެވެ.

މި މައްސަލައާ ގުޅިގެން ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރު ކޮށްފައިވާއިރު، މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފާރިސް ބަންދުކޮށްފައިވަނީ މާފުށީ ޖަލުގަ އެވެ.

އެ މައްސަލައާ ގުޅިގެން ފާރިސްގެ މައްޗަށް ހެކި އެބަހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، އެހެން ބުނި ފަހުން ޖުލައި 18 ވަނަ ދުވަހު ފުލުހުން ވަނީ ކޯޓް އަމުރެއްގެ  ދަށުން ފާރިސް ދިރިއުޅުއްވާ ގެއަށް ވަދެ ބަލާފާސްކޮށްފަ އެވެ. އެ އަމުރުގައިވާ ގޮތުން އެ ގެ ބަލާފާސް ކުރީ މައްސަލައާ  ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށެވެ.

ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު، ޕީޕީއެމްގެ ދިދައާއި ލޯގޯ ހުއްދަނެތި ބޭނުން ކުރެއްވި  ކަމަށް ބުނެ ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ހުށަހެޅުއްވި ކަަމަށް ބުނެ ދައުވާކުރަން ފޮނުވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ޣައިރު ހާޒިރުގައި ބުރާސްފަތި ދުވަހުގެ ރޭ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް