ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 15:23
މަކުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު --
މަކުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު --
ފޭސްބުކް
ތާއީދު ގެންދިއުން
މަކުނުދޫ ކައުންސިލްގެ ރައީސް ސަރުކާރަށް ކުރަމުންދިޔަ ތާއީދު ގެންގޮސް، ރައްޔިތުންގެ ކިބައިން މައާފަށް އެދެފި
ޝާކިރު ވިދާޅުވީ ލޭނު އަޅާ މަސްބޯޓުތަކުން މަސްވެރިންނަށް ގެއްލުން ވަމުންދާކަމަށް
ސަރުޚާރުން ކުރަންދާ ކަންތައްތައް ރަނގަޅު ނޫންކަމަށް ޝާކިރު ވިދާޅުވޭ

ހދ. މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކާރަށް ކުރަމުންއައި ތާއީދު އަނބުރާ ގެންގޮސް، ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވައިފި އެވެ.

މިއަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވި ޝާކިރު، އޭނާގެ ފޭސްބުކް ޕޭޖްގައި ކުރައްވާފައިވާ ޕޯސްޓެއްގައި، މަސްވެރިންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި ލޭނު މަސްވެރިކަންކުރާ ބޯޓު ފަހަރުގެ ސަބަބުން މަސްވެރިންނަށް ގެއްލުން ވަމުންދާތީއާއި އެފަދަ އެތައް ސަބަބުތަކާއެކު، ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދަވާފައިވާ ކަމަށެވެ. އަދި ޝާކިރު ވަނީ ލޭނު ބޯޓެއްގެ ފޮޓޯއެއް ވެސް އެ ޕޯސްޓްގައި ހިމަނުއްވާފަ އެވެ.

މިކަމާއި ގުޅިގެން ޝާކިރަށް ގުޅަން ކުރިމަށް މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ލޭނު މަސްވެރިކަމުގެ ސަބަބުން ކަޅުބިލަމަހުގެ މަސްވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބައެއް މަސްވެރިން މީގެކުރިންވެސް ވަނީ "ރާއްޖެއެމްވީ"އަށް ހިއްސާ ކުރައްވާފަ އެވެ.

އެފަދަ ބޯޓުތައް ރާއްޖެ ގެނެސް ލޭނުގެ މަސްވެރިކަން ކުރަމުންދަނީ ރާއްޖޭގެ މަސް ބަންދުކުރާ ބައެއް ފެކްޓަރީތަކުން ނެވެ.

ބައެއް މަސްވެރިން ބުނަމުންދަނީ މަސް ކިރުވުމުގައި ވެސް މިހާރު ދަތިތަކެއް ކުރިމަތި ވަމުންދާ ކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ ކަމަށްވެސް ބައެއް މަސްވެރިން ބުނެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް