ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 14:24
ފުލުހުން ހޯދަމުންދާ ދެ މީހުން
ފުލުހުން ހޯދަމުންދާ ދެ މީހުން
ޕޮލިސް
ފުލުހުން
ވައްކަމާއި ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ
މައްސަލައާ ގުޅިގެން ހޯދަނީ ދެ ފިރހެނުން

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް  އިއުލާން ކޮށްފިއެވެ. 

މި މައްސަލަތަކާ ގުޅިގެން ހޯދަމުން ދަނީ ހދ. ވައިކަރަދޫ، ކަސްތޫރިގެ، އަޙްމަދު އަދީބު (25އ) އާއި މ. ކޮޅުފުށި، ފެހިވިލާގެ، ޔޫސުފް ސިރާޖު (37އ) އެވެ.

މި ދެމީހުންގެ ތެރެއިން އަޙްމަދު އަދީބު ހޯދަމުންދަނީ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. އަދި ޔޫސުފް ސިރާޖު ހޯދަމުން ދަނީ ވައްކަމުގެ  މައްސަލައެއްގެ  ތުހުމަތުގައެވެ.

އެހެން ކަމުން މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށް ފުލުހުންގެ އިއުލާނުގައި ވަނީ ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް