ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 13:12
ގުޓަރެސްވަނީ ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ކުވެއިތުން އަދާކުރަމުންދާ ދައުރަށް ތައުރީފް ކުރައްވާފަ
ގުޓަރެސްވަނީ ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ކުވެއިތުން އަދާކުރަމުންދާ ދައުރަށް ތައުރީފް ކުރައްވާފަ
ގޫގުލް
ގަތަރުގެ މައްސަލަ
ގަލްފްގެ މައްސަލައިގައި ކުވެއިތުގެ މަސައްކަތަށް އދގެ ސެކްރެޓަރީޖެނެރަލް ތައުރީފް ކުރައްވައިފި
މެދުއިރުމަތީގެ ހަތަރު ގައުމަކުން ގަތަރާއެކު އޮންނަ ގުޅުން ކަނޑާލީ ޖޫން މަހުގެ ހަވަނަ ދުވަހު
މައްސަލައަށް ހައްލު ހޯދުމަށް ފުރަތަމަ އިސްނަގާފައިވަނީ ކުވެއިތުން
މައްސަލަ ހައްލުކުރުމަށްކަމަށްބުނެ ސައުދީއާ ގުޅިފައިވާ ގައުމުތަކުން ހުށަހެޅި ޑިމާންޑްތަކަށް ގަތަރުންވަނީ ދެކޮޅުހަދާފަ

ޤަތަރުގެ މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކޮށް މައްސަލައަށް ހައްލެއް ހޯދުމަށް ކުވެއިތުގެ އަމީރު ޝެއިޚް އަލް ސަބާހް ކުރައްވަމުންގެންދަވާ މަސައްކަތަށް ތާއީދު ކުރައްވާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ކުވެއިތުގެ އަމީރާއެކު ބޭއްވެވި ބައްދަލުވުމުގައި ގުޓަރެސްވަނީ ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ކުވެއިތުން އަދާކުރަމުންދާ ދައުރަށް ތައުރީފް ކުރައްވާފައެވެ.

ގުޓަރެސް ވަނީ ކުވެއިތަކީ ހިކުމަތްތެރިކަމާއެކު މެދުވެރިއެއްގެ ދައުރު އަދާކުރާ އެ ސަރަހައްދުގެ މެދުވެރިޔާކަމަށް ވިދާޅުވެފައެވެ.

އަދި މުޅި ހުރިހާ މައްސަލަތަކަށް ބަލާއިރު ސީރިޔާގެ މައްސަލައިން ފެށިގެން ޔަމަނަށް އަދި އަލަށް ދިމާވި ގަލްފްގެ މައްސަލައަށް ބެލިޔަސް ކުވެއިތުގެ އިސްނެގުން ފެނިގެންދާކަމަށާއި އެ އިސްނެގުމަކީ ކެތްތެރިކަމާއިއެކު މަޝްވަރާގެ މަތިން މީހުން އެއްބައިވަންތަ ކުރުވާ މަޝްވަރާތަކެއް ކަމަށް ވިދާޅުވިއެވެ.

ޖޫން މަހުގެ ހަވަނަ ދުވަހު ސައުދީ އަރަބިއްޔާއާއި، މިސްރާއި ޔޫއޭއީއާއި ބަހްރެއިނުން ވަނީ ގަތަރާއެކު އޮންނަ ޑިޕްލޮމެޓިކް އަދި ދަތުރުފަތުރުގެ ގުޅުން ކަނޑާލާފައެވެ.

ގަތަރުން ޓެރެރިޒަމަށް ފައިސާ ޚަރަދުކޮށް ވާގިވެރިވެދީ ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރުވަމުން ގެންދާކަމަށް ތުހުމަތުކޮށް އެ ގައުމުތަކުން ގުޅުންކަނޑާލިއިރު ގަތަރުން އެކަން ދޮގުކުރެއެވެ.

މައްސަލަ ހައްލުކުރުމަށްކަމަށްބުނެ އެ ހަތަރު ގައުމުން ފަހުންވަނީ ގަތަރަށް ޑިމާންޑްތަކެއް ހުށަހަޅާފައެވެ.

އެ ޑިމާންޑްތަކުގެ ތެރޭގައި އީރާނާއެކު އޮންނަ ގުޅުން ކަނޑާލުމާއި،ޓެރެރިޒމަށް ވާގިވެރިވުން ހުއްޓާލުމާއި އަލްޖަޒީރާ ބަންދުކުރުން ހިމެނެއެވެ.

- ކޮމެންޓް