ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 12:58
ޖުމްގޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޖުމްގޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހިމް
އަމިއްލަ އަށް ޑޮކްޓަރުން ގެނެސްގެން ފަރުވާ ހޯދަން ސަރުކާރުން ގާސިމަށް ނޭންގޭނެ:ހިސާން
ސަރުކާރުން ތަބާވަނީ ގާސިމްގެ މައްޗަށް ކޮށްފައިވާ ހުމުގެ އެއްބަޔަށް
ގާސިމް އަދިވެސް އޮންނެވީ އައިޖީއެމްއެޗްގައި
ކްރިމިނަލް ކޯޓްގެ ހުކުމުގައި ބުނެފައި ވަނީ ގާސިމް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ކަމަށް

މެމްބަރު ކަމުން ވަކިވެފައިވާ ކުރީގެ  މާމިގިލީ ދާއިރާގެ  މެމްބަރު ގާސިމް އިބްރާހީމަށް ރާއްޖެއިން ހޯދަންޖެހޭ ބޭސްފަރުވާގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ވަގުތު ނެގި ނަމަވެސް، ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެންނަން ނުއެންގޭނެ ކަމަށް ގާސިމްގެ ވަކީލް ހިސާން ހުސެން ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ލިބެންޖެހޭ ބޭސްފަރުވާގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކުރުމަށް ވަގުތު ނަގާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުންގެ ގެނެސްގެން ބޭސްފަރުވާގެ ކަންކަން ކުރިއަސް ގެންދިއުމުގެ ފުރުސަތު ގާސިމަށް ލިބިގެންވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ހިސާން ވިދާޅުވީ ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ކުރި ހުކުމުގައި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް އަމުރުކޮށްފައިވާ ކަމަށެވެ.

ގާސިމް ރާއްޖެއިން ބޭރުން ލިބެންޖެހޭ ބޭސްފަރުވާގެ އިންތިޒާމް ހަމަޖެއްސުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ފުރިހަމަ ކުރުން ލަސްވުމަކީ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނެސްގެން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ގާސިމަށް އެންގޭނެ ސަބަބެއް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ. އެއީ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމާބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދުގެ މަގުސަދެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ގާސިމްގެ މައްޗަށް ކޯޓުން ކުރި ހުކުމް ދެ ބަޔަކަށް ބެހިފައިވާއިރު ސަރުކާރުން ތަބާވަނީ އޭގެން އެންމެ ބަޔަކަށް ކަމަށެވެ. ނަމަވެސް ކޯޓަކުންކުރާ ހުކުމެއްގެ އެއްބަޔަސް ތަބާވެފަ އަދި އަނެއް ބަޔަސް ތަބާނުވުމުގެ އިހްތިޔާރާއި ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ހިސާން ވިދާޅުވިއެވެ. އެހެން ކަމުން ކޯޓުގެ ހުކުމާއެކު ކެރްކްޝަންސް އިން ގާސިމްއާ ހަވާލުވި ގޮތަށް ކޯޓުގެ ހުކުމުގައި ގާސިމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް އަންގާފައިވާ އެންގުމަށް ވެސް ސަރުކާރުން ތަބާވާން ޖެހޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ގާސިމްގެ ވިލާ ކުންފުނީގެ ބޭންކް އެކައުންޓްތަކާއި ހުރިހައި މުދަލެއް މީރާ މެދުވެރިކޮށް ސަރުކާރުން ހިފެހެއްޓުމަށް ފަހު ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމް އަށް ލިބގެންވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އަދި އެއީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.

މީގެއިތުރުން ހިސާން ވިދާޅުވީ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނެސްގެން ބޭސްފަރުވާ ކުރުމުގެ ތަނަވަސްކަން ލިބިގެންވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވާ ނަމަ ތަނަވަސްކަން ލިބިގެންވާ ގޮތް ކަނޑައެޅި ނުވަތަ ބެލި ގޮތްތަކާއި މިންގަނޑުތައް ވެސް މިނިސްޓަރު ހާމަ ކުރައްވަން ޖެހޭނެ ކަމަށެވެ. އެގޮތުން އެ ނޫން ގޮތަކަށް މީހަކު އަމިއްލަ އަށް ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި އަދި ބޭސްފަރުވާ ކުރުމަށް ބޭނުންވާ ސާމާނު ގެނެވިދާނެ ކަމަށް ހޯމް މިނިސްޓަރަށް ވިދާޅު ނުވެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް