ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 10:24
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
މުހައްމަދު ޝަރުހާން
ގާސިމްގެ ބޭސްފަރުވާ
ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު
ގެންނަ ޑޮކްޓަރުންނަށް އައި.ޖީ.އެމް.އެޗްގެ ވަސީލަތްތައް ބޭނުންކުރެވޭނެ
އިތުރު ވަސީލަތްތައް ޤާއިމްކޮށްގެންވެސް ޤާސިމް އިބްރާހީމަށް ފަރުވާދެވޭނެ
ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާކަން ކޯޓުގެ ހުކުމުގެ ކުރިން އަންގާފައެއް ނުވޭ

ޤާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ލިބެންޖެހޭ ބޭސްފަރުވާގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކުރުމަށް ވަގުތު ނަގާނަމަ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމް އިބްރާހިމް އަށް އެބަ އޮތް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ. 

ސިއްރު ސިޓީއެއްގެ ގޮތުގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު ޝިހާން އަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި  ވަނީޤާސިމް އިބްރާހިމް ބެއްލެވި  ޑޮކްޓަރުން އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ރައްޖެއިން ބޭރުން ހަމަޖެއްސުމަށް ލަފާދެއްވި ނަމަވެސް ކްރިމިނަލް ކޯޓުން ކުރެއްވި ހުކުމްގެ ކުރިން، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ޤާސިމް އިބްރާހީމް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

ނަމަވެސް  މިމަހުގެ ސައްވީސް ވަނަ ދުވަހުގެރޭ، ކްރިމިނަލް ކޯޓުން  ޤާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ހުކުމްގައި، ޤާސިމް އިބްރާހީމް ބެއްލެވި ޑޮކްޓަރާއި ހަވާލާދީ، ޤާސިމްގެ ބަލިހާލަތު ހުރިގޮތުންނާއި، ޑޮކްޓަރު ލަފާދެއްވި ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާތައް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް، ކަމާއިގުޅޭ މުއައްސަސާތަކަށް އަމުރު ކޮށްފައިވާތީ،  ޑޮކްޓަރުގެ ލަފާގައިވާގޮތުގެ މަތިން ޤާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ލިބެންޖެހޭ ފަރުވާލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ވީއެންމެ އަވަހަކަށް ފުރިހަމަ ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ހޯމް މިނިސްޓަރު ވަނީ އަންގަވާފައެވެ. 

ހަމައެހެންމެ ޤާސިމް އިބްރާހިމްގެ ސިއްޚީ ހާލުކޮޅާއި ބެހޭ ގޮތުން، ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކަންކަން ހަމަޖެއްސުމައްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ހަމަޖެއްސުމުގައި ވަގުތު ނަގާނަމަ، އެކަންކަން ހަމަޖެހެންދެން ވެސް ޤާސިމްގެ ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ގެންދިއުމަށް ހޯމް މިނިސްޓަރ ވަނީ މިސީޓީގައި އަންގަވާފައެވެ. އަދި އެކަމަށްޓަކައި ރާއްޖެއިން ބޭރުން ޑޮކްޓަރުން ނުވަތަ ސުޕަޝަލިސްޓުން ގެންނަވަން ޤާސިމް  ބޭނުން ފުޅުވެލައްވާނަމަ، މީގެ ކުރިން ވެސް އެތަނަވަސްކަން ހުރި ފަރާތްތަކަށް އެފުރުސަތު ތަނަވަސްކޮށް ދެއްވާފައިވާ ފަދައިން، ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ގެނައުމުގެ އިޚްތިޔާރު ޤާސިމަށް ދެއްވުމަށް ހޯމް މިނިސްޓަރު ވަނީ އަންގަވާފައެވެ. 

އެގޮތުން އެފަދަ ގޮތަކަށް ގެންނަ ޑޮކްޓަރުންނަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ވަސީލަތްތައް ބޭނުންކުރުމާއި، އިތުރު ވަސީލަތްތައް ޤާއިމް ކޮށްގެން ވެސް ޤާސިމް އިބްރާހީމަށް ފަރުވާދެވޭނެ ފުރުސަތު އޮތްކަން އަންގަވައި ދެއްވުމަށް މިނިސްޓަރު އަޒްލީން އަހްމަދުގެ ސީޓީގައި ކަރެކްޝަނަލް ސަރވިސްއަށް ވަނީ އަންގާފައެވެ.

ޣައިރު ހާޒިރުގައި ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމުގައި ބުނެފައި ވަނީ،  ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ  އަދަބު ތަންފީޒު ކުރަމުންދިޔަ ނަމަވެސް، އަދި ޤާސިމްގެ  މައްޗަށް ސާބިތުވި  ކުށުގެ އަދަބު ތަންފީޒުކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ޤާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ  ޓެސްޓްތައް ހެދުމާއި، ލިބެން ޖެހޭ ފަރުވާ ޤާސިމަށް ލިބުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށެވެ.

ގާސިމް ހޮސްޕިޓަލުގައި  އެޑްމިޓް ކޮށްފައިވަނިކޮށް ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ވަނީ އެ ފަރުވާތައް ޤާސިމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރު ކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީން ވަނީ ކޯޓުގެ ހުކުމަށް ކިޔަމަންވެ ވީހާ ވެސް އަވަހަކަށް ގާސިމް އަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރަށާއި މުއައްސަސާތަކަށް ގޮވާލާފަ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ކަރެކްޝަނުން ތަންފީޒް ކުރަމުން ދަނީ ހުކުމުގެ އެއްބައި ކަމަށާއި އަނެއް ބައި ތަންފީޒް ކުރަމުންނުދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 އޯގަސްޓް 2017 | ހޯމަ 12:14
ނާގޯށި
މައުމޫނު ސަރުކާރުގަ ޒަކީއަށްވެސް ވީ މިވަރު. ބޭރުން ޑޮކްޓަރު ގެންނަންޖެހުނެ
28 އޯގަސްޓް 2017 | ހޯމަ 12:02
ގައުމީދޫ
ދިވހި ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ކަލޭމެން ގޮސް ސިންގަޕޫރާއި ތައިލެންޑުން ބޭސްފަރުވާ ނުކޮށް އައިޖީއެމް އެޗުން ފަރުވާ ހޯދިއްޔާ މާތާހިރުވާނެ. ދިވެހިންނަށް ބޭރުން ބޭސްފަރުވާ ހޯދުމުގައި އެންމެ ބޮޑު ހޭދައެއްކުރަމުންދާ އިޙްސާންތެރި އަކަށް ތި ދެވޭ އަނިޔާއަކީ ދިވެހި ނިކަމެތި ރައްޔިތުންނަށް ދެވޭ އަނިޔާއެއް
28 އޯގަސްޓް 2017 | ހޯމަ 11:31
ހައްވަ
ތަކަންދޫން، ރަތަފަންދޫން، ކިނބިދޫން ފުންމާލާ މިނިސްޓަރުކަން ލިބުނީމާ މީހުންގެ ފުރާނައާކުޅޭނެ ކަމެއް ނެތް