ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 08:33
ގޮނޑިގެއްލިފައިވާ ކަމަށް ނިންމާފައިވާ ބައެއް ތިން މެމްބަރުންނާ އިތުރު މެމްބަރުން
ގޮނޑިގެއްލިފައިވާ ކަމަށް ނިންމާފައިވާ ބައެއް ތިން މެމްބަރުންނާ އިތުރު މެމްބަރުން
ރާއްޖެ އެމްވީ
ހުސެއިން ޝަމީމް
ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވޭ މެމްބަރުންގެ ގޮނޑި ހުސްނުވާކަން: ޝަމީމް
ގޮނޑި ގެއްލުނުކަން ކަނޑައަޅަން ގާނޫނު އަސާސީގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން، އިލެކްޝަންސް ކޮމިޝަނަކުން ނޫން

ހަތަރު ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލަ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ދާއިރާގެ ގޮނޑިތައް ހުސްވެފައިނުވާކަން ސާފުކޮށް އެނގޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާފައިވާ އެއް ނިންމުމަކީ ހަތަރު ދާއިރާގެ ގޮނޑި ހުސްނުވާ ކަމަށް ކަނޑައަޅައިދޭން ހުށަހަޅާފައިވާ މައްސަލައަކީ ކޯޓުން ހުކުމެއް ނެރެން ނުޖެހޭހާ ސާފު މައްސަލައެއް ކަމަށެވެ.

"މާނައަކީ އަކީ ތިޔަ ގޮނޑިއެއް ނުގެއްލޭނެ. އެހެންވީމަ ކީއްކުރަންހޭ ތިމަންނާމެން އަރިހަށް ތިޔަ މައްސަލަ ހިފައިގެން އައީ،" އޭނާ ވިދާޅުވި އެވެ.

އެ ނިންމުމުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ބާރެއް ނޫން ކަމުގެ ވާހަކަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި އޮންނީ މީހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ޕްރޮސެކިއުޓާ ޖެނަރަލް ކުރާ ކަމެކޭ. މިސާލަކަށް އޭޖީން (ޖިނާއީ) ދައުވާއެއް ފޮނުވީ. އެހެންވިއްޔާ ކޯޓުން ބަލާކަށްވެސް ނުޖެހޭނެ. އެއީ އޭޖީއަކަށް މައްސަލަ ފޮނުވުމުގެ ބާރެއް ނެތް. ފެށުނީސުރެވެސް ނެތް. އެހެންވީމަ އޭޖީ ފޮނުވި މައްސަލައެއް އެއީ ބަލަން ނުޖެހޭ މައްސަލައެކޭ ބުނެ ހުކުމް ކުރުމަކާނުލާ ފޮނުވާލުމަކީ މައްސަލައެއް ނޫން. އެ ކަހަލަ މިސާލެއް މިއީ،" އޭނާ ވިދާޅުވި އެވެ.

ގޮނޑި ހުސްވެއްޖެ ކަމަށްވާނަމަ އެކަން ސާބިތުކުރުމަށް ކޯޓަށް ދާން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ އެ މައްސަލާގައި އެންމެ ރަނގަޅުގޮތަކީ ހުކުމެއް ނެރުއްވުންކަމަށް ކަމަށެވެ. އަދި ވިދާޅުވީ އެ ހުކުމުގައި ކޮންމެ ފަނޑިޔާރަކު އެ ފަނޑިޔާރަކަށް ފެނިވަޑައިގަންނަވާގޮތެއް ވަކިން ބަޔާންކޮށް ސޮއި ކުރައްވާ ނެރުން އެއީ އޮންނަން ޖެހޭ ގޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްކުރި ތާރީހުގެ ފަހުން މެމްބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާތީ އޭގެ އަސަރުކުރާނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ގޮނޑިއާމެދު ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް