ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 01:03
ގާޒީ ބާރީ: މިހާރު ހުންނެވީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައި
ގާޒީ ބާރީ: މިހާރު ހުންނެވީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައި
މިހާރު
ގާޒީ ބާރީ
ކެރެންޏާ އަޅުގަނޑު މަރާލާ: ގާޒީ ބާރީ
ބާރީ ވިދާޅުވީ ފުލުހުން ބާރީގެ އަނބި ދަރީންނަށް ދެމުން ދިޔަ ސެކިއުރިޓީ ކަނޑާލާފައިވާކަމަށް
އެކަމާއި ބިރު ނުގަންނާނެކަމަށް ގާޒީ ބާރީ ވިދާޅުވި
ބާރީ ޖުވެނައިލް ކޯޓަށް ބަދަލު ކުރެއްވީ ދައުލަތާ ދެކޮޅަށް ބައެއް މައްސަލަތައް ނިންމެވި ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވޭ

ބިރު ދެއްކުމުގެ ގޮތުން ސެކިއުރިޓީ ކަނޑާލިޔަސް، އެ ހީކުރެވުނީ ރަނގަޅަށް ނޫން ކަމަށާއި ކެރެންޏާ މަރާ ލާންވީކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަދި  ޖުވެނައިލް ކޯޓްގެ މިހާރުގެ ގާޒީ އަބުދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެއެވެ.

 

ބާރީ އޭނާގެ އަމިއްލަފުޅު ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުން ބާރީގެ އަނބި ދަރީންނަށް ދެމުން ދިޔަ ސެކިއުރިޓީ ކަނޑާލާފައިވާކަމަށެވެ. އަދި އެކަން ކުރީ ބިރުދެއްކުމަށްކަމަށް ވާނަމަ، އެ ހީކުރެވުނީ ރަނގަޅަށް ނޫންކަމަށް ބާރީ ވިދާޅުވިއެވެ.

ކެރެންޏާ މަރާލަންވީކަމަށް ގާޒީ ބާރީ ވިދާޅުވިއެވެ.

 

މިހާރު ޖުވެނައިލް ކޯޓުގެ ގާޒީއެއްގެ މަގާމުގައި ހުންނެވި ބާރީ ގެންދަވަނީ ކުރިން ދައްކަވާފައިނުވާ ފަދަ އެތައް ވާހަކަތަކެއް  ފޭސްބުކްގައި ލިޔުއްވަމުންނެވެ. އެގޮތުން ސިންގާއަކާއި ބަކަރިއެއްގެ މިސާލެއް ހުކުރު ދުވަހު ވަނީ ނަންގަވާފަ އެވެ.

 

އެގޮތުން އޭނާ ވިދާޅުވެފައިވަނީ، ސިންގާ ބޭނުންވަނީ ބަކަރި ކާލަން ކަމަށްވާނަމަ، ކާލަންނުޖެހޭ ސަބަބެއް ބަކަރީގެ ފަރާތުން ސިންގާއަކަށް ނުދެއްކޭނެ ކަމަށެވެ.

 

ބާރީ ވަނީ ކުރިންވެސް ފޭސްބުކްގައި ސުވާލެއް ވެސް ކުރައްވާފަ އެވެ. "މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި، މީސްތަކުންގެ މުދަލާއި ފައިސާ ފޭރޭނެ ގޮތް ބަޔަކު ކިޔައިދިނުމުން، އެމީޙުން އެދޭ ހުރިހާ ކަމެއް، އެމީހުން އެދޭހާ ގޮތަަށް ކޮށްދޭ މީހާއަށް ވުރެ އަނިޔާވެރި މީހަކު ހުންނާނެތޯ" ބާރީ ވަނީ ސުވާލުކުރައްވާފަ އެވެ.

 

މީގެ އިތުރުން ބާރީ ވިދާޅުވެފައިވަނީ "ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަން ބޭނުންނުވާނަމަ އެ ތަކެތި ހަދައި، ތަސްދީގުކޮށް، ގެޒެޓުކޮށް، ޝާއިއު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް" ކަމަށެވެ.

 

ބުރާސްފަތި ދުވަހުގެ މެންދުރު ގާޒީ ބާރީ ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަރުގަދަ އިންޒާރެއް ވެސް ދެއްވާފަ އެވެ. ނަމަވެސް އެއީ ކޮން ބަޔަކަށް ނުވަތަ ކާކަށް ނިސްބަތްކޮށް ލިޔުއްވި އެއްޗެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

 

ގާޒީ ބާރީ ވިދާޅުވީ "ހަމަ ކަށަވަރުން "އެބައި މީހުންނަކީ" އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އަދި "އެއީ ކޮން ބައެއް ކަމާއި، އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލު އަންނަނީ...." ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވެއެވެ.

 

ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނަވަނިކޮށް، ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހު ގާޒީ ބާރީ ޖުވެނައިލް ކޯޓަަށް ބަދަލުކޮށްފަ އެވެ. ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރުނުވުމުން ދައުވާ ބާތިލްކޮށް ފޮނުވާލިތާ ގިނަ އިރުތަކެއް ނުުވަނީހެވެ. އޭގެ ކުރިން ބާރީ ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ގެ މައްސަލައެއްވެސް ދައުލަތާ ދެކޮޅަށް ނިންމަވާފައެވެ.

 

ގާސިމްގެ މައްޗަށް އަލުން ދައުވާކޮށް ޝަރީއަތް ހިންގިއިރު، ބުރާސްފަތި ދުވަހުގެ މެންދުރު ބޭއްވި އަޑުއެހުމަށް ވަޑައިގެން އުޅުއްވަނިކޮށް ކޯޓް ތެރެއަށް ގާސިމް ވެއްޓުނެވެ. ގާސިމަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ޣައިރު ހާޒިރުގައި އެމަނިކުފާނު ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވީ ބާރީ އެ ކޯޓުން ވަކި ކުރެއްވުމަށްފަހު އަލަށް ކޯޓް ހިންގެވުމާ ހަވާލު ކުރެއްވި ގާޒީ އާދަމް އާރިފެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް