ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 22:40
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ސްކައި ނިއުސް
ރައީސް ނަޝީދުގެ ޓްވީޓް
ސުޕްރީމް ކޯޓުގެ ނިންމުމާއި އެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަންޖެހޭ: ރައީސް ނަޝީދު
ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު މައްސަލަ ދެ ގޮތަށް ދަނީ މާނަކުރަމުން
ހުކުމުގައި މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނުވަތަ ނޫން ކަމަށްވެސް ސާފުކޮށް ބުނެފައެއް ނުވޭ
މައްސަލައަކީ ގާނޫނީ ގޮތުން ކުރިން ހައްލު ދެވިފައިވާ މައްސަލައެއް- ސުޕްރީމް ކޯޓް

 ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވުމުން މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ވަގުތުން ނަގަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަަހަޅާފައިވާ  މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ހުކުމް ނެރުމާއި އެކު ގިނަ ހިޔާލުތަފާތުވުން ތަކެއް ވަނީ އުފެދިފަ އެވެ. އެކި ގާނޫނީ ވަކީލުން ވެސް ހުކުމް  މާނަކޮށްފައި ވަނީ އެކި ގޮތްގޮތަށެވެ. ހުކުމުގައި މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނުވަތަ ނޫން ކަމަށް ވެސް ސާފުކޮށް ބުނެފައެއް ނުވެ އެވެ. ހުކުމުގައި ބުނެފައި ވަނީ މި މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެވިފައިވާ މައްސަލައަށްވުމާއެކު މި މައްސަލައާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ދައުލަތުން ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ގޮނޑި ނުގެއްލޭ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
27 އޯގަސްޓް 2017 | އާދީއްތަ 23:14
ޖީ.އެމް.އާރ
ސުޕްރީމު ކޯޓަށް މީހަކު ޤަތުލު ކުރި މައްސަލައެއް ހުށަހެޅުނީމާ ވެސް ބުނާނެތޯ ތިކަމަށް އަދަބު ކަނޑައަޅާފައި ޤާނޫނުލް އުގޫބާތުގައި އޮތް ކަމަކާ ސުވާލު އުފައްދާނެ ތަނެއް ނެތޭ. ޙުކުމެއް ބޭނުމެެއް ނުވާނޭ. ކޯޓުން އަމުރެއް ނެރޭކަށް ނުފެނެޔޭ ސާފު މައްސަލައެއްގައި.