ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 09:06
ޤާނޫނީ ވަކީލް ހިސާން ހުސައިން: ޖަވާބު ބަލާ މިހާރު ހުންނެވީ ސުޕްރީމް ކޯޓު ތެރޭގައި
ޤާނޫނީ ވަކީލް ހިސާން ހުސައިން: ޖަވާބު ބަލާ މިހާރު ހުންނެވީ ސުޕްރީމް ކޯޓު ތެރޭގައި
ޓްވިޓަރ
ގޮނޑި ގެއްލުނު މައްސަލަ
ގޮނޑި ގެއްލުނު މެންބަރުންގެ މައްސަލައިގެ ޖަވާބު ބަލާ ދިއުމަށް އަންގައިފި
ހިސާންއަށް އެންގީ ފޯނުން
ހިސާން މިހާރު ހުންނެވީ ސުޕްރީމް ކޯޓުގައި
މައްސަލަ ބަލައިގަނެ އަޑުއެހުންތައް ވަނީ ނިންމާލާފައި

ގޮނޑި ގެއްލިފައިވާ  ކަމަށް ކަނޑައަޅާފައިވާ  ރައްޔިތުންގެ މަޖިލީހު މެންބަރުން ހުށަހެޅުއްވި މައްސަލައިގެ ޖަވާބު ބަލައި ދިއުމަށް އެމެންބަރުންގެ  ޤާނޫނީ ވަކީލް ހިސާން ހުސައިންއަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުން ގުޅުއްވައިގެން އެމައްސަލައިގެ ޖަވާބު ބައްލަވައި  ވަޑައިގެން މިވަގުތު ހުންނެވީ ސުޕްރީމް ކޯޓު ތެރޭގައި ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަ މެންބަރުންގެ ތެރެއިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު އެވެ.

މި ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 އޯގަސްޓް 2017 | އާދީއްތަ 23:40
ޔާމީން2018
މިރޭއުފަލުން ނާަށާނެ ސުޕްރީމް ކޯޓު މިހާރުރަގަޅުވާނޭ މިރޭމަހުލޫފު ވިދާޅުވާނެސުޕްރީމް ކޯޓު މިނިވަންވެއްޖެ........ސުޕްރީމް ކޯޓުންމެމްބަރެއްގެ ގޮނޑިގެލިޖެނަމަސުޕްރީމް ކޯޓަކީ މިނިވަނެއްނޫ މިއީ މަހުލޫފޫވިދާޅުވާ އިންސާފު.......
27 އޯގަސްޓް 2017 | އާދީއްތަ 20:47
ދެފަރާތުން
ޖަހަން ފަށައިފިއެވެ
27 އޯގަސްޓް 2017 | އާދީއްތަ 20:12
ހމޒ
މައުލޫމާތު ދެއްވި ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުގެ ޙުކުމަށް ބަލާއިރު ހަތަރު މެންބަރުންގެ ގޮނޑި ގެއްލިފައިވާކަން ވަރަށް ސާފުކޮށް އެނގެއެވެ!؟