ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 17:25
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުން، ކޮމިޝަނަރ އޮފް ޕޮލިސްގެ އަނބިކަނބަލުންނާއެކު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުން، ކޮމިޝަނަރ އޮފް ޕޮލިސްގެ އަނބިކަނބަލުންނާއެކު
ޓްވިޓަރ
ރައްޔިތުންގެ ބަދަލު
ކޮމިޝަނަރ އޮފް ޕޮލިސްގެ އަނބިކަނބަލުން ވެސް އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވެއްޖެ
މަހުލޫފާއި، ޔުމްނާ އަދި ރޮޒައިނާ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އަނބިކަނބަލުންނާއި ބައްދަލުކުރައްވާފަ
ޔުމްނާ ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އަނބިކަނބަލުން ވެސް ހުންނެވީ ބޭއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށް
މަހުލޫފު ވިދާޅުވީ، ސަރުކާރުން ކުރަމުންގެންދާ އަނިޔާ އާއި ދެކޮޅަށް ކޮމިޝަނަރ އޮފް ޕޮލިސް އަރީފްގެ އަނބިކަނބަލުންވެސް ހުންނެވި ކަމަށް

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އަނބިކަނބަލުން ވެސް އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވެއްޖެ އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ރައީސް މައުމޫނު އަބްދުލްޢައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އަނބިކަނބަލުންނާއި ބައްދަލުކުރައްވާފަ އެވެ. އަދި އެ ބައްދަލުވުމުގެ ފޮޓޯއެއް ތިން ބޭފުޅުންވެސް ވަނީ ޓުވީޓް ކުރައްވާފަ އެވެ.

 

ޓުވީޓްކުރައްވަމުން ޔުމްނާ މައުމޫނު ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އަނބިކަނބަލުން ވެސް ހުންނެވީ ބޭއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށެވެ. އަދި މިފަދަ ހިތްވަރުގަދަ ކަނބަލުންގެ ފަރާތުން ހިތްވަރު ހޯދަންޖެހޭ ކަމަށް ޔުމްނާ ވިދާޅުވެފައިވެއެވެ.

 

 

މަހުލޫފުވެސް ވިދާޅުވީ، ކިތަންމެ ސަރުކާރު އަނިޔާވެރި ވިޔަސް، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ  އަނބިކަނބަލުން ވެސް ހުންނެވީ އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށެވެ. ރޮޒައިނާ ވެސް ވަނީ ހަމައެފަދައިން ވިދާޅުވެ ޓުވީޓް ކުރައްވާފަ އެވެ.

 

 

ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ، އަރީފްގެ އަނބިކަނބަލުން ދެއްކެވި މިސާލުން މިސާލު ލިބިގަންނަން ޖެހޭކަމަށެވެ. އަދި އެކަމުން މިސާލު ލިބިގަނެ، ސިފައިންނާއި ފުލުހުން ވެސް އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަށް މަހުލޫފު ގޮވާލެއްވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް