ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 16:36
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު --
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު --
މުހައްމަދު ފަޒީން
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް އިހުތިޖާ ކުރުމަށް އަނާރާ ގޮވާލައްވައިފި
އަނިޔާވެރިކަމާ ދެކޮޅަށް ބަސް ބުނަން ޖެހޭ
އިހުތިޖާޖު ކުރުމާއި ބަސް ބުނުމަކީ ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަމެއް
އަނާރާ އަކީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވާ މެމްބަރެއް

ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުން ނިކުމެ އިހުތިޖާޖު  ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ގޮވާލައްވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައިޖަގަހަ މ. ކުނޫޒުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނާރާ ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ ބަސްބުނުމަކީ ގައުމު ހަމަ މަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ. 

"ދިވެހިރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިހާރު ސަރުކާރާމެދު ހިތްހަމަ ނުޖެހުން އެބަހުރި. ހިތްހަމަ ނުޖެހުން ފާޅު ކުރަމުން މިދަނީ ވެސް ސަބަބުތަކެއް ހުރެގެން. ހަމައެކަނި ޖަލަށްލާފައި، އެހާވަރުން ފުއްދާލަނީކީ ވެސް ނޫން. ޖަލަށްލާފަ އިތުރު އަނިޔާތަކެއް ވެސް އެބަދޭ..ވީހާ ވެސް ގިނަ އަދަދެއްގެ ރައްޔިތުން މިކަންކަމާއި އިހުތިޖާޖުކޮށް، ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަންކަން ގެންދިއުމަށް މަސައްކަތް ކުރަންޖެހޭ ޝުއޫރު ފާޅުކޮށް، ބަސްބުނެ، ކުރެވެން ހުރި މަސައްކަތްތައް ކުރަންޖެހޭ،" އަނާރާ ވިދާޅުވި އެވެ.

އަނާރާ ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ބަސް ބުނުމަށް ރައްޔިތުން ތެދުވާން ޖެހެނީ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ކަމަށެވެ. ހަމަ އެގޮތަށް ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނީ ގައުމުގެ ކަންކަން ހަމަ މަގަށް އެޅި، އިންސާފުން ކަންކަން ނިމިގެންދާނަމަ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

އަނާރާ އަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ. ދީނީ އިލްމުވެރިޔާ އަނާރާ އަކީ މަޑުމައިތިރި ކަނބަލެއް ނަމަވެސް މިހާރު ރާއްޖޭގައި ހިނގަމުންދާ އަނިޔާވެރި ކަންކަމާ ދެކޮޅަށް ބަސް ވިދާޅުވުމުގައި ކުރިއަށް ވަޑައިގަންވާ ކަނބަލެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް