ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 12:33
އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު އަސްލަމް
އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު އަސްލަމް
ރާއްޖެ އެމްވީ
އަސްލަމް
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ބަޔާންތައް ބަދަލު ކޮށްފި
ފައިސާ ދެއްކުމަށް އަސްލަމަށް ހަތް ދުވަހުގެ މުއްދަތެއް ދިން
ދައްކަން އެންގީ މިނިސްޓަރުކަމުގައި ހުންނެވިއިރު މޮބައިލް ފޯނު ބިލަށް ޚަރަދުކުރެއްވި ފައިސާ
ދައުލަތަށް ފައިސާ ދެއްކުމަށް އެންގުމުގެ ބާރު ފިނޭންސް އަށް ލިބިގެން ނުވާ ކަމަށް އަސްލަމް ވިދާޅުވޭ

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލު ދައްކަން ދައުލަތުން ޚަރަދުކުރި ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލައިގެ ބަޔާންތައް ބަދަލު ކޮށްފިއެވެ. 

ދެ ފަރާތް ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ނުލިބުމުން މައްސަލަ ޝަރީޢަތަށް ފޮނުވުމުން މައްސަލައާއި ގުޅޭ ބަޔާންތައް ދެ ފަރާތުގެ ދެމެދުގައި ބަދަލު ކޮށްފައި ވަނީ އާދީއްތަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ. 

ކުރީގެ ހައުސިން މިނިސްޓަރު އަސްލަމްގެ ފޯނު ބިލު ދައްކަން ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން އަސްލަމާ ދެކޮޅަށް ދައުވާކޮށް މައްސަލައާ ގުޅޭ އަޑުއެހުން އެންމެ ފުރަތަމަ ބާއްވާފައި ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި  އަޑުއެހުމުގައި މައްސަލައާ ގުޅޭ ލިޔުންތައް އަސަލްމްއާ ވަނީ ހަވާލު ކޮށްފައެވެ. 

މައްސަލައާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވެފައި ވަނީ އެއްވެސް މީހަކު ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކައި ވާނަމަ އެ މީހެއްގެ އަތުން އެ ފައިސާއެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލާގައި ކޯޓުން ނިންމާ ގޮތެއް ގަބޫލު ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ކޯޓުގެ ހުކުމާ އެކު އެފައިސާއަކީ އޭނާ ދައްކަން ޖެހޭ ފައިސާއެއް ކަން ނުވަތަ އޭނާގެ ފޯންބިލަށް ދައުލަތުން ފައިސާ ދެއްކީ އުސޫލްތަކާ ހިލާފަށް ކަން ނުވަތަ ނޫންކަން ވެސް އެނގިގެންދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އަސްލަމްގެ މައްޗަށް ދައުވާ ކުރަނީ ހައުސިން މިނިސްޓަރު ކަމުގައި އަސްލަމް ހުންނެވިއިރު މޮބައިލް ފޯނު ބިލު އަދާކުރެއްވުމަށް ޚަރަދުކުރެއްވި 312،928ރ. ދެއްކުމަށް އެންގުމުން އެ ފައިސާ ނުދެއްކި މައްސަލާގައެވެ.

ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން އަސަލަމް އަށް އަންގާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެފައިސާ ހަތް ދުވަހުގެ ތެރޭގައި ފިނޭސް މިނިސްޓްރީ އަށް ދެއްކުމަށް އަސަލްމް އަށް ވަނީ އަންގާފައެވެ.

އެ މައްސަލަ ފާހަގަކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ. ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދަށް ރިއާޔަތްކުރާއިރު އެ ފައިސާއަކީ އަސްލަމް ޒިންމާވާންޖެހޭ ފައިސާއެއް  ކަމަށެވެ. އެ ފައިސާ ދެއްކުމަށް އަސްލަމަށް ދިނީ ހަތް ދުވަހެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
27 އޯގަސްޓް 2017 | އާދީއްތަ 13:28
އޮޑިޓް
ހަތް ދުވަސްވެއްޖެ ނުކުރެވޭއެއްކަމެއްވެސް