ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 10:57
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ޑޭވް އައްޔަކޮށް ލިޔުން ހަވާލުކުރައްވަނީ
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ޑޭވް އައްޔަކޮށް ލިޔުން ހަވާލުކުރައްވަނީ
ރައީސް އޮފީސް
ސްޕޯޓްސް ކޮމިޝަނަރ
ރައީސް ނަޝީދު ހިފާ ހައްޔަރުކޮށް މަރުގެ އަދަބު ދޭން ސްޕޯޓްސް ކޮމިޝަނަރު ގޮވާލައްވައިފި
މި ގައްދާރު ހިފާ ހައްޔަރުކޮށް މަރުގެ އަދަބު ދޭންޖެހޭ
މީނާ މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް
ރައީސް ނަޝީދު އިންޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން

ރައީސް މުހައްމަދު ނަޝީދު ހިފާ ހައްޔަރުކޮށް، އެމަނިކުފާނަށް މަރުގެ އަދަބު ދިނުމަށް ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު(ޑޭވް) ގޮވާލައްވައިފި އެވެ.

ސްޕޯޓްސް ކޮމިޝަނަރު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީސްއިން އިންތިޒާމް ކޮށްގެން ބޭއްވި "ސައުތު ސައުތު އެންޑް ޓްރޭންގިއުލާ ކޯޕަރޭޝަން“ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ތަގުރީރު ކުރައްވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ ހަބަރާއެކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަހުމަދު ނަޝީދު ވިދާޅުވީ "މި ގައްދާރު ހިފާ ހައްޔަރުކޮށް މަރުގެ އަދަބު ދޭންޖެހޭ" ކަމަށާއި "މީނާ މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް" ކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ތަގުރީރުގައި ވިދާޅުވެފައިވަނީ މެދުއިރުމަތިން އައިސިސް ފޮހެމުންދާ ކަމަށާއި އައިއެސް ދެން އެނބުރި އަންނަނާނީ ތަރައްގީވަމުން އަންނަ ރާއްޖެ ފަދަ ޑިމޮކްރަޓިކް ގައުމުތަކަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އާބާދީއަށް ބަލާއިރު ނިސްބަތުން އެންމެ ގިނަ އަދަދެއްގެ ބަޔަކު އައިއެސްގައި ހަރަކާތްތެރިވަމުންދަނީ ރާއްޖެއިންނެވެ.

ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދަކީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 އޯގަސްޓް 2017 | އަންގާރަ 09:44
ރިޒާ
ޤައުމެއްގެ ރައީސްކަންކުރައްވާފައިވާ ބޭފުޅަކަށް ނިސްބަތްކުރައްވާ މިފަދަ ވާހަކަފުޅެއް ވިދާޅުވެލައްވުން ރަގަޅުކަމަށްފެންނަނީ ފުރިހަމަހެއްކާއެކު ލިބިވަޑައިގަންނަވާލިޔުމަކުންނުވަތަލިޔުންހަވާލުކުރައްވާބޭފުޅަކުހިތްހަމަޖައްސާލެއްވުމަށްމިފަދަބޮޑުވާހަކަފުޅެއް ވިދާޅުވެލެއްވުން ރަގަޅުކަމުގައި ނުދެކެން
28 އޯގަސްޓް 2017 | ހޯމަ 18:58
އަލީ
ކިތަންމެ ރުޅިއަޔަސް ކެެނރީގޭ މުހައްމަދު ނަޝީދު އަކީ މި ގައުމުގެ ގައުމީ ސަލާމަތަށް ހުރި ބިރެއް. ސަލާމަތީ ބާރުތަކުން ޖެހޭ އަންނި ފަދަ . ޖާހިލު މި ގައުމަށް ގައްދާވަމަުން ދާ ހުރިހާ ހާއިނުން ހިފާ ހައްޔަރު ކޮއް އަދަބު ދޭން ޖެހޭ.
27 އޯގަސްޓް 2017 | އާދީއްތަ 17:22
Ahmed
Ehenthaa vaany Tc meehun enme ginain Isis said gulhen Dhany Eyee Dave ge gaaiy ekuverin, enme fahun efuree mashooru don't TC Munaakko and Garage Noor... Honeysuckle geyga ulhey soalha ves furaifi
27 އޯގަސްޓް 2017 | އާދީއްތަ 16:35
ޢާޜޫ
އަސުވެސް އެބުނީ ހަމަ ޙެޔޮކޮން...
27 އޯގަސްޓް 2017 | އާދީއްތަ 16:10
ކަރިޝް
ކަލޭ ހަމަތެޅިތެޅި ހުންނަނަން ޖެހޭނީ ވާނެ އެކަމެއްވެސް ނޯންނާނެ
27 އޯގަސްޓް 2017 | އާދީއްތަ 15:59
ނިއުމަަަަ
މަރަނވިި ޔަމިނ
27 އޯގަސްޓް 2017 | އާދީއްތަ 15:07
ރިއަލްޑޭވް
ޑޭވް ކައޭ ސައިޒް ނޯޅެއްޗެ
27 އޯގަސްޓް 2017 | އާދީއްތަ 13:31
ނަޝީދަކީ ރައީސް
މެންޓަލްވީތަ ސްޕޯޓްސް ކޮމިޝަނަރު
27 އޯގަސްޓް 2017 | އާދީއްތަ 11:58
yameen2018
ތިކަންތަވެސް ސިޔާސީތިކުރަނީ'''''''''''''''ވަކިއަތަކަށްޖެހި ހަބަރުގެނެސްދޭ ފިތުނައުފެއްދުމުގައި ނަމޫނާބޭފުޅެއްނަޝީދުއަކީ ''''''''''''''''''''''''''''''
27 އޯގަސްޓް 2017 | އާދީއްތަ 11:52
Dhen ma heehee
Thiya dave akee moya eh baa. E ee moyameehun dhakkaa kahala vaahaka dhakkaathee. Balaga gunda yaameen eba jehey azul kuran. Ekan thiya dave ah engeybaa.