ކުލީ ސިފައިން ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން ރާވަމުންދާ ކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ފ. ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑރ. އަބްދުﷲ ޚަލީލް ހޮނިހިރު ދުވަހުގެރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ވައްޓާލުމަށް ކުރާ މަަސައްކަތުގައި ބައިވެރި ވުމަށް އެދި މެންބަރުނަށް އެސްއެމްއެސްކޮށް ގުޅައި ރައީސް މުހައްމަދު ނަޝީދު އާދޭސް ކުރައްވަމުންދާ ކަމަށެވެ.
އަދި ރައީސް ޔާމީނަށް މެންބަރުންގެ ތާއީދު އިތުރުވަމުން ދާތީ ރައީސް ނަޝީދު ހުންނެވީ، ވަރަށްބޮޑަށް ކަންބޮޑުވެވަޑައިގެންފައި ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.
ޑރ.ޚަލީލް ވިދާޅުވީ މަޖިލިސް ތެރެއިން ސަރުކާރު ވައްޓާނުލެވިއްޖެނަމަ ކުލީ ސިފައިންގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަނީ ކޮންގައުމެއްގެ ސިފައިންނެއް ބޭނުންކޮށްގެން ކިހިނެއް ކަމެއް ޚަލީލު ވިދާޅެއްނުވެއެވެ.
Majlis thereyn sarukāru vattānulevijje nama kuly sifainge ehētherikan hoadhumah masakkai kurākamahvey! 3/3
— Dr Abdullah Khaleel (@abkhaleel) August 26, 2017
ޑރ. ޚަލީލު ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގައި ބައިބައިވުން ބޮޑު ކަމަށެވެ. އެގޮތުން ނަޝީދު ފެކްޝަން އަކާއި ޝާހިދު ފެކްޝަން އަކާއި އިބޫ ފެކްޝަނެއް މިހާރު އުފެދިފައިވާ ކަމަށެވެ. އަދި އެކަން އެހެންވީ ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން މަސައްކަތް ފެށި ހިސާބުން ކަމަށް އެމްޑީޕީގެ އާއްމު މެންބަރުން ބުނާ ކަމަށް ހަލީލު ވިދާޅުވެފައިވެއެވެ.