އިންޑިއާގެ ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ހުކުރު ދުވަހު ސާބިތުވުމާއި ގުޅިގެން އިންޑިއާގެ ޕަންޖާބް އާއި ހަރިޔާނާ ސްޓޭޓުގައި އެކަމާ ދެކޮޅަށް ހިނގި ހަމަނުޖެހުންތަކުގައި 30 މީހަކު މަރުވެ 250 މީހަކު ޒަޚަމްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 50 އަހަރުގެ ގާމީތް ރަމް ރަހީމް މިހާރު ބަންދުގައި ހުރީ ރޮހްޓަކް ސިޓީގެ ޖަލެއްގައެވެ. އޭނާގެ މައްޗަށް އާދީއްތަ ދުވަހު އަދަބު ކަނޑައަޅާނެއެވެ.
ފާދިރީ ރަމް ރަހީމް ގެ މައްޗަށް ދެ އަންހެނަކާއެކު ގަދަކަމުން ޖިންސީ އަމަލުު ހިންގުމުގެ ތުހުމަތުގައި ދައުވާ އުފުލުުނު ކޭސް އަކީ 2002 ގައި ފެންމަތިވެފައިވާ ކޭސްއެކެވެ.
ހޯމަ ދުވަހު ރަމް ރަހީމް ގެ މައްޗަށް މަދުވެގެން ހަތް އަހަރު ދުވަހުގެ ޖަަލު ހުކުމެއް އަންނާނެއެވެ.
ފުލުހުން ބުނާގޮތުން ރަމް ރަހީމް އަށް ތަބާވާ 2500 މީހަކު ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާތީ ވަނީ ހައްޔަރު ކޮށްފައެވެ.