ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 14:42
ލަންދޫ
ލަންދޫ
ގޫގުލް
ލަންދޫ ކަރަންޓް މައްސަލަ
ލަންދޫ ޖެނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ފޯރުކުށްދީފި
ލަންދޫ އަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލު ކުރެވުނީ މިއަދު
ކަރަންޓްގެ މައްސަލަ ދިމާވީ ބުރާސްފަތި ދުވަހު

ނ. ލަންދޫ ޖެނެރޓަރަށް ދިމާވި މައްސަލަ އަށް ހައްލު ކުރުމަށް ފަހު މިހާރު ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށް ފެނަކަ ކޯޕްރޭޝަން އިން ބުނެފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ލަންދޫ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ހެނދުނުގެ ވަގުތެއްގައި ކަރަންޓް ފޯރުކޮށްދެވިފައިވާ ކަމަށެވެ. 

ފެނަކައިން ބުނީ ލަންދޫ އަށް ކަރަންޓް ފޯރުކޮށްދޭ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު މިހާރު މަރާމާތު ކުރެވިފައިވާ ކަމަށާއި މައްސަލައެއް ދިމާނުވާ ނަމަ މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ލިބެމުންދާނެ ކަމަށެވެ. އަދި ތިން ވަނަ ޖަނަރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެކަމަށްޓަކައި ބޭނުންވާ ސާމާނު ލަންދޫ އަށް ފޮނުވާފައިވާ ކަމަށް ފެނައިން ވަނީ ބުނެފައެވެ. 

ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ލަންދޫއަށް ދިމާވެފައިވި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން މަސައްކަތް ކޮށްގެން ރޭގެ ވަގުތެއްގައި ކަރަންޓް ފޯރުކޮށްދެވުނެވެ. ނަމަވެސް ކަރަންޓް ފޯރުކޮށް ދެވުނުތާ މާގިނައިރުތަކެއް ނުވެ އަނެއްކާ ވެސް ލަންދޫ އިން ވަނީ ކަރަންޓް ގޮސްފައެވެ. 

ލަންދޫ އަށް ކަރަންޓުގެ މައްސަލަ ދިމާވީ ކަރަންޓުގެ ހިދުމަތް ދެމުން ދިޔަ ތިން އިންޖޫނުގެ ތެރެއިން ދެ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ލަންދޫ އަށް ކަރަންޓް ފޯރުކޮށްދީފައި ވަނީ އެކި ވަގުތުތަކަށް ބަހާލައިގެންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް