ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 13:39
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު --
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު --
ޓްވިޓަރ
އަދުލްއިންސާފު
ދަންވަރު ފަނޑިޔާރުންނާ ބައްދަލު ކުރުމަކީ ޑިކްޓޭޓަރޝިޕެއްގައި އާދައިގެ ކަމެއް: ސުއޫދު
ސަރުކާރުގެ މަސްލަހަތު އޮތް މައްސަލަތަކެއް ސުޕްރީމް ކޯޓުގައި ކުރިއަށްދޭ
ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު ދެން އޮތީ ހުކުމް އިއްވުން
މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްބުނާ މައްސަލައާ ގުޅިގެން މަޖިލީހުގައި ވެސް ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައި

ސަރުކާރުގެ މަސްލަހަތުހުރި މައްސަލަތަކެއް ބަލަމުންދަނިކޮށް ސަރުކާރުގެ ވަޒީރުން ފަނޑިޔާރުންނާ ދަންވަރު ބައްދަލު ކުރުމަކީ ޑިކްޓޭޓަރޝިޕެއްގައި އާދައިގެ ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި އެގޮތަށް ވިދާޅުވެފައިވާއިރު، ދައުލަތުގެ ބަންޑަރ ނައިބު މުހައްމަދު އަނިލްއާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އަދި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމު ހުކުރު ދުވަހުގެ ރޭ ދަންވަރު ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ސުއޫދު ވިދާޅުވި ފަދައިން މިދުވަސް ވަރަކީ ސަރުކާރުގެ މަސްލަހަތުހުރި މައްސަލަތަކެއް ސުޕްރީމް ކޯޓުގައި ބަލަމުންދާ ދުވަސްވަރެކެވެ.

އެގޮތުން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ވަކިކުރި ކަމަށްބުނާ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަތަކެއް ވެސް ދަނީ ސުޕްރީމްގައި ކުރިއަށެވެ. އެމައްސަލަތަކުގެ އަޑުއެހުންތައް ނިމި މިހާރު ވަނީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

އެ މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައި ނުވާތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ބައެއް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ދެމުންދިޔަ ސެކިއުރިޓީ ވެސް ކަނޑަލާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް