ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 05:53
ނ.ލަންދޫގައި ކަރަންޓް ނެތި ދެދުވަސްވެއްޖެ
ނ.ލަންދޫގައި ކަރަންޓް ނެތި ދެދުވަސްވެއްޖެ
ގޫގުލް
ލަންދޫ ކަރަންޓް މައްސަލަ
ލަންދޫގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތް ކުރަނީ: ފެނަކަ
މައްސަލަ ހައްލުވާނެ ވަކި ވަގުތެއް ނޭނގޭ

ނ. ލަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

 

ހުކުރު ދުވަހުގެ އިރުއޮއްސި ހަޔެއް ޖެހުމާއި ހަމައަށް ލަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުވާނެ ކަމަށް ފެނަކައިން ބުނެފަވީ ނަމަވެސް އެމައްސަލަ އަދިވެސް ހައްލުނުވާތީ ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ޓީމުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ.

 

އެގޮތުން މަސައްކަތައް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރުވާނީ ފޯރުކޮށްދީފައި ކަމަށާއި ވީހާވެސް އަވަހަކަށް ކަރަންޓްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

 

ނ. ލަންދޫގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެކަށީގެންވާ ގޮތެއްގައި ކަރަންޓްގެ ހިދުމަތް ދެވެމުން ނުދާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.  

 

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ލަންދޫ ކައުންސިލްގެ މެމްބަރަކު އަބްދުﷲ އާރިފް ވިދާޅުވީ ކަރަންޓްގެ ޙިދުމަތް ދެމުންދަނީ އެކި ވަގުތުތަކުގައި ކަމަށާއި މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދަތި އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

 

އެރަށުގައި މިހާރު ބޭނުން ކުރެވީ ހުރި ދެ ޖަނަރޭޓަރުގެ ތެރެއިން 125 ކިލޯވޮޓްގެ ޖަނެރޭޓަރު ކަމަށް އާރިފް ވިދާޅުވި އެވެ. ސަތޭކަ ފަސްދޮޅަސް ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

 

އެހެންކަމުން މުޅި ރަށަށް އެއް ފަހަރާ ކަރަންޓް ދޫނުކުރެވޭ ކަމަށާއި ކަރަންޓް ދޫކުރެވެނީ އެކި ފަހަރު އެކި ސަރަހައްދަށް ކަމަށް އަރީފް ވިދާޅުވި އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް