ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޙައްޖުގެ އަޅުކަމަށް މައްކާއަށް ވަޑައިގަތުން ފަސްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ ދެކަނބަލުން ހުކުރު ދުވަހުގެރޭ ޙައްޖަށް ފުރާވަޑައިގަތުމަށް ކުރިން ހަމަޖެހިފައި ވީނަމަވެސް، ރައީސް ޔާމީންގެ ދަތުރުފުޅު މިހާރު ވަނީ ހޯމަ ދުވަހުގެރެއަށް ބަދަލުކުރައްވާފައެވެ.
މި ދަތުރުފުޅު ފަސްކުރެއްވި ސަބަބެއް އަދިމިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.
ރައީސް ޔާމީންގެ ދަތުރުފުޅު ފަސްކުރެއްވި ނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އާއި، ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ސަރުކާރުގެ ބައެއް އިސްވެރިންނާއި، ސަރުކާރު ކޯލިޝަންގެ އިސްވެރިން ހުކުރުދުވަހުގެރޭ ވަނީ މައްކާއަށް ފުރާވަޑައިގެންފައެވެ.
RYameen ge Hajj dhathurufulhu laskoh, Madam Fathun,MP Mauroof, MP Sun Shiyam adhi Minister Saeed mirey Saudi ah furaavadaigenfi
— Ahmed Mahloof (@AhmedMahloof) August 25, 2017
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފަހުން މީގެ ކުރިންވެސް ޙައްޖަށް ވަޑައިގެންފައިވެއެވެ. އެގޮތުން 2014 އަދި 2015 ވަނަ އަހަރު އެމަނިކުފާނު ޙައްޖަށް ވަޑައިގެންނެވި އިރު، މި ފަހަރުގެ ދަތުރުފުޅު ދިމާވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙު ހޫނުވެފައިވާ ވަގުތަކާއިއެވެ.