ކ. މާލެ
|
25 އޯގަސްޓް 2017 | ހުކުރު 19:13
ގާސިމް ބުރާސްފަތި ދުވަހު ކޯޓްރޫމްގައި އިންނަވަނިކޮށްވަނީ ކޯޓް ރޫމްގެ ތެރެއަށް ވެއްޓިފައި
ގާސިމް ބުރާސްފަތި ދުވަހު ކޯޓްރޫމްގައި އިންނަވަނިކޮށްވަނީ ކޯޓް ރޫމްގެ ތެރެއަށް ވެއްޓިފައި
ރާއްޖެ އެމްވީ
ގާސިމަށް ހުކުމްކުރުން
ގާސިމަށްކުރި ހުކުމުގައި އަދުލުވެރިކަމުގެ ތަންފުކެއްވެސް ނެތް: އަދާލަތު ޕާޓީ
އިންސާފު ގާއިމުކުރުމުގައި މުޅި ދައުލަތް ނުކުޅެދިފައިވާކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ
ގާސިމް އިބްރާހިމް ވަގުތުން މިނިވަންކުރުމަށް އަދާލަތުން ގޮވާލާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމުގައި އަދުލުވެރިކަމުގެ ތަންފުކެއްވެސް ނެތްކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.



އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓް ހުޅުވާ ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ވަކީލުންގެ ގައިރު ހާޒިރުގައި ހުކުމްކުރުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. އަދާލަތު ޕާޓީގެ ޓްވީޓްގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމުގައި އަދުލުވެރިކަމުގެ ތަންފުކެއްވެސް ނެތްކަމަށެވެ. އަދި އިންސާފު ގާއިމުކުރުމުގައި މުޅި ދައުލަތް ނުކުޅެދިފައިވާކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.މީގެ އިތުރަށް ގާސިމް އިބްރާހިމް ވަގުތުން މިނިވަންކުރުމަށްވެސް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.

 


 

ގާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމުގައި އަދުލުވެރިކަމުގެ ތަންފުކެއްވެސް ނެތްކަމަށް އަދާލަތު ޕާޓީން ބުނެފައިވާއިރު، ރޭ ދަންވަރު ކޯޓް ހުޅުވައިގެން ކުއްލިގޮތަކަށް ޝަރީއަތުގެ އަޑުއެހުމެއް ބާއްވާ ގާސިމަށް ހުކުމުންކުރުން ގިނަ ބަޔަކު ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.



އާލާސްކަންފުޅާ އޮންނަވަނިކޮށް ގާސިމްގެ ޣައިރު ހާޒިރުގައި އިއްވި ހުކުމަކީ ގާނޫނުއަސާސީއާއި ޚިލާފް ހުކުމަކަށްވާތީ އެ ހުކުމާއިމެދު ވަކީލުންވެސްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުރީގެ ދެ ރައީސުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫނުވެސް ވަނީ ގާސިމްގެ ހުކުމާއިމެދު ކަންބޮޑުވުން ފާޅުކުަރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 އޯގަސްޓް 2017 | ހުކުރު 23:18
ގޭންގް
ހުސް ވިކިފަ ތިބި ޖަޖުންނޭ މީހުން މިކިޔަނީ ކަން ތައް މިގޮތައް ދާތީ.. ޖަޖުން ކަރުދާސްގަޑެއް ބަލައިގެން ކިޔަނީ މީހަކު ލިޔެފަ ފޮނުވާ ހުކުމޭ ބުނެ އަޑުގަދަ ވެގެން މިއުޅެނީ މިހާރު ހުކުމް އިއްވަމުން ދާގޮތުން. ފަތިހުވެސް "ބޭބެ" ބުނީމާ ކޯރޓް ހުޅުވާފަ ދައުވާކުރެވޭ މީހާ ހުއްޓަސް ނެތަސް ހުކުމެއް އިއްވާ ލަނީ. ސުވާލަކީ މިގޮތައް މިމީހުން ލާރިހޯދާނަމަ އެހަލާލުވާނެތޯ... މަރުވެ ސުވާލުކުރެވޭ ދުވަހަކުން ދޭނީ ކޮން ޖަވާބެއްތޯވެސް ހިތައް އަރާ.. މިލާރިން އަބިދަރިންނައް ކާންދޭނަމަ އެޢީހަމަ ޔަގީން ހަރާމް އެއްޗެއް.