ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް ބުރާސްފަތިދުވަހުގެރޭ ދަންވަރު ހުކުމްކޮށްފައި ވަނީ އޭނާގެ މައްސަލަ ބެއްލެވި ގާޒީ ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޯޔަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމްއަށް ހުކުމް ކުރުމާ ގުޅިގެން ސިރާޖު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޗިޓުގައި ސޮއިކުރައްވާފައި ވަނީ މައްސަލަ ބެލި ގާޒީ އާދަމް އާރިފް ނޫން ކަމަށެވެ. އެ ޗިޓުގައި ސޮއި ކުރައްވާފައި ވަނީ އަލީ އާދަމް ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސިރާޖް ވަނީ ވިދާޅުވެފައެވެ.
ސިރާޖް ވަނީ ގާސިމް ކޯޓަށް ހާޒިރުވުމަށް އެންގި ޗިޓްތައް ޓްވީޓާ އެކު އެޓޭޗްކުރައްވާފައެވެ.
Mirey chit ga soi kohfa vane mahsala beli Qaazee Adam Arif eh nun. Soi kohfa vane Qaazee Ali Adam. Mikan migothakah nukureveyne. pic.twitter.com/YNNzFgL9xs
— Moosa Siraj (@MoosesSiraj) August 24, 2017
ސިރާޖް ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވައި ވަނީ އާދަމް އާރީފް ރެކޯޑް މުގުރާލައިފި ކަމަށާއި ފެހި ގާނޫނު އަސާސީގެ ދަށުން ފުތަރަމަ ފަހަރަށް ޖިނާއީ މައްސަލައެއްގައި ޣައިރު ހާޒިރުގައި ގާސިމް ޖަލަށް ލުމަށް ހުކުމްކޮށްފި ކަމަށެވެ.
Adam Arif record muguraalaifi. Fehi gaanoon asaaseege dhashun furathama faharah jinaae mahsala ehga gairu haaziruga Qasim hukum kohfi.
— Moosa Siraj (@MoosesSiraj) August 24, 2017
ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ގާސިމްގެ މައްޗަށް 3 އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ހުކުމްކޮށްފައި ވަނީ ގާސިމަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.