އަނިޔާވެރިގޮތަކަށް ޝަރީއަތްތައް ނުކުރުމަށް ހަނދާންކޮށްދޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.
ޑރ. މަޖީދު ހުކުރުދުވަހުގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރު ތެރޭގައި އަންނަ އެންމެ މާތް ދުވަސްތައް ކަމަށާއި އެ ދުވަސްތަކުގައި އަނިޔާވެރި ގޮތަށް ޝަރީއަތްތައް ނުކުރުމަށް ހަނދާންކޮށްދޭ ކަމަށެވެ.
Hajju mahuge furatha 10 dhuvahaki aharu thereyga anna emme maaiy dhuvas thah. Aniyaveri gothah sharia'h thah nukurumah handhaan koh dhen.
— Abdul Majeed A.Bari (@amajyd) August 24, 2017
ޑރ. މަޖީދު މިހެން ޓްވީޓް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މައްޗަށް ކުއްލި ގޮތަކަށް ޝަރީއަތް ހިންގުމަށް ކްރިމިނަލް ކޯޓުން ތާވަލްކުރިތަނާހެން ކުރެއްވި ޓްވީޓެއްގައެވެ.
ޤާސިމް އިބްރާހީމްގެ މައްޗަށް ރިޝްވަތު ދޭން އުޅުމުގެ ކުށް ސާބިތުކޮށް ޣައިރު ހާޒިރުގައި ވަނީ ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ. މި ހުކުމާއެކު ގާސިމް ތަމްސީލުކުރައްވަމުން ގެންދަވާ މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑި ވަނީ ގެއްލިފައެވެ.