ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ނަމަވެސް އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ކަންކަން ހަމަ ޖައްސަދޭން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
ބޭސްފަރުވާ ހޯދުމަށް ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަމަ ޖައްސަދޭން ޖެހޭ އިންތިޒާމްތައް ހަމަ ޖައްސަދޭން ކަމާ ގުޅުންހުރި އިދާރާތަކުގެ މައްޗަށް އަމުރު ނެރުނީ ގާސިމްގެ މައްޗަށް ރޭ އިއްވި 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމުގަ އެވެ.
ބޭސްފަރުވާ ހޯދުމަށް ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަމަ ޖައްސަދޭން ޖެހޭ އިންތިޒާމްތައް ހަމަ ޖައްސަދޭން ކަމާ ގުޅުންހުރި އިދާރާތަކުގެ މައްޗަށް އަމުރު ނެރުނީ ގާސިމްގެ މައްޗަށް މިރޭ އިއްވި 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމުގަ އެވެ.
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އާދަމް އާރިފް ބުދަ ދުވަހުގެ ރޭ ނެރުއްވި ހުކުމުގައި ވަނީ ގާސިމްގެ ބަލި ދެނެގަތުމަށް ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާކަން ގާސިމްގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި ގާސިމްގެ މައްޗަށް އއްވި ހުކުމަކީ ޑޮކްޓަރުގެ ލަފާގެ މަތިން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.
ހުކުމުގައި ބުނެފައި ވަނީ ފަރުވާތައް ގާސިމް އިބްރާހީމަށް ދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް، ގާސިމް އިބްރާހިމްގެ ޣައިރު ހާޒިރުގައި ނިޔާކަނޑައަޅައި، މި ގަޒިއްޔާ ނިންމީ،" ކަމަށެވެ.
ރިޝްވަތު ހުށަހެޅުމުގެ ދައުވާއާ ގުޅިގެން ބުރާސްފަތި ދުވަހު މެންދުރު ބޭއްވި އަޑުއެހުމަށް ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމަށް ވަޑައިގެން އިންނަވަނިކޮށް ގާސިމް އަނބުރައިގަނެގެން ގާސިމް ވަނީ ވަގުތުން އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ގާސިމްގެ ހިތުގެ ވިންދުގައި މައްސަލަތަކެއް ހުރުމާ ގުޅިގެން ހަދަންޖެހޭ ޓެސްޓެއް ރާއްޖެއިން ހެދެން ނެތުމުން އެ ޓެސްޓް ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް ބެއްލެވި އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާދެއްވާފައިވާ ލިޔުމެއް ގާސިމްގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ 11:00 އަށް ކޯޓަށް ހާޒިރުވުމަށް އަންގައި ޣައިރު ހާޒިރުގައި ހުކުމް އިއްވުމަށް ނިންމައި އަދި ދަންވަރުގެ ވަގުތެއްގައި ހުކުމް ވަނީ އިއްވާފައެވެ. މިއީ އާ ގާނޫނުއަސާސީ ވުޖޫދަށް އައި ފަހުން މީހެއްގެ ޣައިރު ހާޒިރުގައި ޖިނާއީ ހުކުމެއް ކުރި ފުރަތަމަ ފަހަރު ކަމަށް ގާނޫނީ ވަކީލުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
ގާސިމް ބޭސްފަރުވާ އަށް ފޮނުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް މިހާތަނާ ޖެހެންދެން ވެސް އެފަދަ އިންތިޒާމެއް ހަމަޖައްސައިދީފައެއް ނުވެއެވެ.