ކ. މާލެ
|
25 އޯގަސްޓް 2017 | ހުކުރު 03:38
އެމްޑީޕީ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިޙް
އެމްޑީޕީ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިޙް
މުހައްމަދު ޝަރުހާން
ޤާސިމްއަށް ހުކުމް ކުރުން
އިދިކޮޅު ލީޑަރޝިޕް ހުސްކޮށްލެވޭނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް:އިބޫ
ލީޑަރޝިޕް ހުހެއް ނުކުރެވޭނެ
އެއީ ހުކުމެއް ނޫން. އެއީ ޤާސިމް ސިޔާސީ މައިދާނުން ދުރުކޮށްލުން
އިސްލާހަށް ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށާއި އިރާދަކުރައްވިއްޔާ މިމަސައްކަތުގައި ކުރިއަށް ގޮސް މިކަން ނިންމާނަން

އިސްލާހަށް މަސައްކަތް ކުރާ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރޝިޕް ހުސްވެދާނެ ކަމަށް ހީކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށް އެމްޑީޕީ ޕާލަމްެންޓްރީ ގުރޫޕުގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރ އިބްރާހީމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ މައްޗަށް ބުރާސްފަތި ދުވަހުގެރޭ ދަންވަރު ޤާސިމްގެ ޣައިރު ޙަޒިރުގައި ކުރި ހުކުމާ ގުޅޭގޮތުން ދެއްވި އިންޓަރވިއުއެއްގައެވެ.

އިބޫ ވިދާޅުވީ ސިޔާސީ މީހުން ހިންގާ ހަރަކާތް މެދު ނުކެނޑި ކުރިއަށް ދާނެ ކަމަށާއި އެކަމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ. މީގެ އިތުރުން މިގޮތަށް ހުކުމްކޮށް މީހުން ޖަލަށް ލައިގެން ލީޑަރޝިޕް ހުސްވެދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެހެން ހީވާކަމަށް ވަންޏާ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އިސްލާހަށް ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށާއި އިރާދަ ކުރައްވިއްޔާ މިމަސައްކަތުގައި ކުރިއަށް ގޮސް މިކަން ނިންމާނެ ކަމަށެވެ.

ޤާސިމަށް ކުރި ހުކުމަށް އިޝާރާތްކޮށް އިބޫ ވިދާޅުވީ މިއީ ހުކުމެއް ނޫން ކަމަށާއި މިއީ ޤާސިމް ސިޔާސީ ކަންކަމުން ދުރުގައި ބެހެއްޓުމަށް ކުރި ކަމެއް ކަމަށެވެ.

ޤާސިމްގެ މައްޗަށް ވަނީ ރިޝްވަތުދޭން އުޅުނު ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް ހަމަ އެހުކުމުގައި ބުނެފައިވަނީ ޤާސިމަށް ފަރުވާ ދިނުމަށްޓަކައި ބޭރަށް ގެންދިއުމަށް ހުރަސް ނާޅާ ކަމަށާއި ޚާއްޞަކޮށް ކަމާ ގުޅޭ އިދާރާތަކުން އެކަން ކުރުމަށް ވަނީ ހުކުމުގައި އަމުރު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް